މަފާޒް މަރާލި މައްސަލައިގެ ޝަރީއަތް ފަށައިފި

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ސ.މަރަދޫ ހުދުރިހި އަހުމަދު މަފާޒު މަރާލި މައްސަލައިގެ ޝަރީއަތް ފަށައިފި އެވެ. މި މައްސަލައިގާ ދައުލަތުން ޓެރަރިޒަމްގެ ދަ...

09 Jul 2015 | 08:16

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ސ.މަރަދޫ ހުދުރިހި އަހުމަދު މަފާޒު މަރާލި މައްސަލައިގެ ޝަރީއަތް ފަށައިފި އެވެ.

މި މައްސަލައިގާ ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ޏ. ފުވައްމުލަކު ލާސާނީ ވިޝާހު ރަޝީދު،23 އާއި ހ. ބްލޫބާޑް މުހައްމަދު މިދުހަތު،21 އާއި ހ. އީމާންމަންޒިލް އަހްމަދު ސައީދު،26ގެ މައްޗަށެވެ.

ދައުވާ އުފުލާފައިވަނިކޮށް އެދެމީހުންގެ ތެރެއިން ވިޝާހު ވަނީ މަރުވެފައިވާއިރު އޭނާ މަރުވިކަމުގެ މައުލޫމާތު ކޯޓަށް ލިބިފައިވާކަމަށް ގާޒީ ސައީދު އިބްރާހިމް ވިދާޅުވި އެވެ. އަދި އެކަމާ ބެހޭ ރަސްމީ ލިޔުންތައް ދެން އަންނަ ޝަރީއަތުގެ މަޖިލީހަކަށް ހުށަހެޅުމަށް ދައުލަތަށް ގާޒީ އެންގެވި އެވެ.

މި މައްސަލައިގާ އުފުލާފައިވާ ދައުވާގައި ވަނީ އެ ހަމަނުޖެހުމުގައި އެ މީހުން އާންމުންގެ މުދަލަށް ގެއްލުންދީފައިވާ ކަމަށާއި އަދި އެވަގުތު މަގުމަތީގައި ހުރި މަފާޒަށް ތޫނުއެއްޗަކުން ހަމަލާދިނުމުން އޭނާ މަރުވެފައިވާ ކަމަށެވެ.

އެ މީހުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި (ކ)އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

ގާޒީ ސައީދު އިބްރާހީމް މިއަދުގެ އަޑުއެހުން ނިންމާނީ ވަކީލަކު ހަމަޖެއްސުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް