ޔުނިވާސިޓީ ގާނޫނަށް ގެނައި އިސްލާހާމެދު އެމްޑިޕީން ޕެނަލް ޑިސްކަޝަނެއް ބާއްވައިފި

ޤައުމީ ޔުނިވާރސިޓީގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހާ ބެހޭގޮތުން އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީގެ ފަރާތުން ޕެނަލް ޑިސްކަޝަން ރޭ ބާއްވައިފި އެވެ. ރޭ ސޯލްޓް ރެސްޓޯރެންޓް ކެފޭގެ ޖަލްސާ ކުރާމާލަމުގައި ބޭއްވު...

09 Jul 2015 | 08:02

ޤައުމީ ޔުނިވާރސިޓީގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހާ ބެހޭގޮތުން އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީގެ ފަރާތުން ޕެނަލް ޑިސްކަޝަން ރޭ ބާއްވައިފި އެވެ.

ރޭ ސޯލްޓް ރެސްޓޯރެންޓް ކެފޭގެ ޖަލްސާ ކުރާމާލަމުގައި ބޭއްވުނު މި ޕެނެލް ޑިސްކަޝަންގައި ބައިވެރިންނަށް މައުލޫމާތު ދެއްވީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރ މުސްތަފާ ލުތުފީ ، ޝިފާ މުހަންމަދު އަދި ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ފައްޔާޒް އިސްމާއިލްގެ އިތުރުން އެމްޑީޕީގެ ތައުލީމާއި ތަމްރީނާއި ބެހެ ކޮމިޓީގެ ނައިބު މުޤައްރިރު ޝަފިއްޔާ ޒުބެއިރެވެ.

ޔުނިވަރސިޓީގެ މިނިވަންކަމާއި މުސްތަޤިއްލުކަން ގެއްލި ސިޔާސީ ތަނަކަށް ޔުނިވަރސިޓީ ބަދަލުވެގެން ދިއުމުން ވަރަށް ގިނަ މައްސަލަތަކާ ކުރިމަތިވާނެ ކަމަށާއި އެކިއެކި ސިޔާސީ މީހުން ޔުނިވަރސިޓީއިން ވަޒީފާދީ، އަދި ބައެއް ފަރާތްތަކަށް ވަޒީފާއިން ވަކިކޮށް، އެކިއެކި ސިޔާސީ މަޤްޞަދުތައް ޙާޞިލުކުރުމަށް ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުންނާއި ވަސީލަތްތައް ނާޖާއިޒް ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް އެމްޑީޕީން ބުނެ އެވެ.

ކޯސްތައް އެކިއެކި ކެމްޕަސްތަކުގައި ފެށުމުގައާއި ނުފެށުމުގައި، ދަރިވަރުން ކޯސްތައް ހޮވުމުގައާއި ނުހޮވުމުގައި، ދަރިވަރުން މާއްދާތަކުން ފާސްކޮށްދިނުމުގައާއި ފާސްކޮށް ނުކުރުމުގައި، ސިޔާސީ ފިކުރު، ޢިލްމީ މިންކުރުމާ މަސްހުނިވާނެއެވެ. ޔުނިވަރސިޓީގެ އެންމެ މުހިންމު އެއް ޒިންމާއެއްކަމުގައިވާ ދިރާސާކުރުމާއި ދިރާސާކޮށްގެން އުފައްދާ މަޢުލޫމާތު/ޢިލްމު ޢާންމުކުރުމަށް ވަރަށް ބޮޑު ހުރަހެއް އެޅިގެން ދިއުމުގެ ފުރުޞަތު ބޮޑުވާނެ ކަމަށާއި އަދި ދިރާސާކުރުމަށް ސަރުކާރު ބޭނުންނުވާ ކަންކަން ދިރާސާ ނުކޮށް، ސަރުކާރު ބޭނުންވާ ކަންކަމާ ބެހޭގޮތުން ސަރުކާރު ބޭނުންވާ ގޮތަށް މަޢުލޫމާތު ފެތުރުމަށް (ޕްރޮޕަގެންޑާއަށް) ވަރަށް ބޮޑަށް މަގު ފަހިވެގެންދާނެ ކަމަށްވެސް އެމްޑީޕީން ބުނެ އެވެ.

އެމްޑީޕީން ޕެނަލް ޑިސްކަޝަނެއް ބާއްވާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެ ބިލު ވަނީ ފާސްކޮށްފަ އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2011/3) އަށް އިޞްލާޙު ގެނައުމުގެ ބިލު، ޤައުމީ ތަރައްޤީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް މަޖިލީހުން ގެންނެވި ދެ އިޞްލާހާއެކު، ފާސްކޮށްފައިވަނީ 38 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ. މިބިލް، ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް 16 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް