ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅާފައިވާއިރު އެ މައްސަލައަށް ލިޔުމުން ޖަވާބުދާރީ ވުމަށް އެމަނިކުފާނު ނިންމަވައިފި އެވެ.
ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނުގެ އަރިސްބޭފުޅަކު ވިދާޅުވެފައިވަނީ ޖަވާބުދާރީ ވުމަށް ނައިބުރައީސް ރާއްޖެ ވަޑައިނުގަންނަވާނެ ކަމަށެވެ. ނައިބު ރައީސް މިހާރު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.
ޖަވާބުދާރީ ވުމަށް ނައިބު ރައީސަށް މަޖިލީހުން ނޯޓިސް ފޮނުވާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. ފޮނުވާފައިވާ ނޯޓިސްގެ މުއްދަތު ހަމަވާނީ މިމަހުގެ 13 ވަނަ ދުވަހު އެވެ.
ވެރިކަންކުރާ ޕީޕީއެމްގެ ކޯލީޝަނުން ނައިބު ރައީސް ވަކިކުރާ ގަވައިދު މަޖިލީހަށް ހުށަހެޅީ ވެސް 61 މެމްބަރުންގެ ސޮޔާއެކު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް