ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމަށް، އައިޖީއެމްއެޗްގައި ފަރުވާ ދީފި

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށް ސާބިތުގެ އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ޑިފެންސް މިނިސްޓަރު، ކާނަލް ރިޓަޔަށް މުހައްމަދު ނާޒިމް އަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައ...

09 Jul 2015 | 07:22

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށް ސާބިތުގެ އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ޑިފެންސް މިނިސްޓަރު، ކާނަލް ރިޓަޔަށް މުހައްމަދު ނާޒިމް އަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި މިއަދު ފަރުވާ ދީފި އެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ނާޒިމްގެ އާއިލާއިން ބުނެފައިވަނީ، ނާޒިމް އަށް ފަރުވާދެމުންދަނީ ލޮލުގައި ރިއްސާތީ އެކަމަށް ކަމަށެވެ. އަދި ލޮލުގައި ރިއްސާތީ ޑޮކްޓަރަށް ދައްކައިދިނުމަށް ނާޒިމް އެދެމުން އަންނަތާ ފަސް ހަފްތާ ވެދާނެކަމަށްވެސް އާއިލާގެ ފަރާތުން ބުނެފައި ވެ އެވެ.

އާއިލާއިން އިތުރަށް ބުނެފައިވަނީ ލޮލުގައި ރިއްސާތީ އުޅުނު ނަމަވެސް ނާޒިމްގެ ހާލު ރަނގަޅު ކަމަށެވެ.

އެގާރަ އަހަރަށް ޖަލަށް ލުމަށް ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މާރިޗްމަހުގެ 27 ވަނަ ދުވަހު އެވެ. ހުކުމް އިއްވާފައިވަނީ ހުކުމް އިއްވާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް