ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ކޯސްޓް ރަމަޟާން ކްރިކެޓް ކާނިވަލްގެ ކުންފުނިތަކުގެ މުބާރާތުގައި އިއްޔެ ކުޅުނު މެޗުތަކުން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި އެސްޓްރަބޯން މޮޅުވެއްޖެ އެވެ.
އިއްޔެ ކުޅުނު މެޗުގައި އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)އާ ވާދަކޮށް ޓީއެމްއޭ މޮޅުވީ 112 ލަނޑުންނެވެ.
މިމެޗުގައި ޓޮސް ދިމާވެގެން ޓީއެމްއޭ ގަސްތުކުރީ ކުޅުމަށެވެ. ކުޅެން އަރައި 8 އޯވަރުގެ ތެރޭގައި ޓީއެމްއޭއިން 163 ލަނޑު ހެދި އެވެ. ޖަވާބުގައި އައިއޭއެސްއިން ކުޅެންއަރައި 8 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 51 ލަނޑެވެ.
އިއްޔެ ސިލްވާ ބްރައިޓްއާ ވާދަކޮށް އެސްޓްރަބޯން މޮޅުވީ ހަތް ވިކެޓުންނެވެ.
މިމެޗުގައި ޓޮސް ދިމާވެގެން ސިލްވާ ބްރައިޓް ގަސްތުކުރީ ކުޅުމަށެވެ. މިމެޗުގައި 7.4 އޯވަރުގެ ތެރޭގައި ސިލްވާ ބްރައިޓްއަށް ހެދުނީ 34 ލަނޑެވެ. ޖަވާބުގައި ކުޅެން އަރައި އެސްޓްރަބޯންއިން ވަނީ ތިން އޯވަރުގެ ތެރޭގައި ލަނޑު ހަމަކުރި އެވެ.
މިމުބާރާތުގައި މިއަދު ދެމެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު ކުޅޭ ފުރަތަމަ މެޗުގައި ޓީޓީއެސް ގްރޫޕްއާއި އޯސީސީ އިންވެސްޓްމަންޓް ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ ނޫރަންމާ ޓްރެވަލް ކޮމްޕެނީއާއި ކޯސްޓްލައިން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް