ސީއާރްސީ ކަޕްގެ ޗެމްޕިއަންކަން އެސްއޯއެސްއިން ހޯދައިފި

ކަސްޓަމްސް ރެކްރިއޭޝަން ކްލަބުން އިންތިޒާމުކޮށްގެން ކަސްޓަމްސްގެ އެކި ޑިޕާޓްމަންޓުތަކުގެ މެދުގައި ބޭއްވި 16 ވަނަ ސީއާރުސީ ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެސްއޯއެސް ހޯދައިފި އެވެ. އެސްއޯއެސ...

09 Jul 2015 | 02:24
  • ކަސްޓަމްސް ރެކްރިއޭޝަން ކްލަބުން އިންތިޒާމުކޮށްގެން ކަސްޓަމްސްގެ އެކި ޑިޕާޓްމަންޓުތަކުގެ މެދުގައި ބޭއްވި 16 ވަނަ ސީއާރުސީ ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެސްއޯއެސް ހޯދައިފި އެވެ. އެސްއޯއެސް ޗެމްޕިއަންކަން ހޯދީ މިދިޔަ އަންގާރަ ދުވަހު ހަވީރު ކުޅުނު ފައިނަލު މެޗުގައި ޓީމް ފައިނޭންސް ބައްދަލުކޮށް 5-1 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ. މި މެޗުގައި އެސްއޯއެސްގެ ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބުކޮށްދިނީ ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެސްއޯއެސްގެ ހަސަން ނޫރީޝް އެވެ. ފައިނަލް މެޗަށް ފަހު މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން އަދި ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްދެއްވީ ކުޅިވަރާއި ބެހޭ ވަޒީރު މުޙައްމަދު ޒުހޫރާއި، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލް ރިޒާގެ އިތުރަށް ކަސްޓަމްސްގެ އިސްވެރިންނާއި ބީއެޗްއެމް ޓްރޭޑާސްގެ މާކެޓިން މެނޭޖަރެވެ. މިމުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އެސްއޯއެސްގެ އިބްރާހިމް ފަޒީލާއި، ހަސަން ހަނީފުގެ އިތުރަށް ޓީމް ފައިނޭންސްގެ އަހުމަދު އަބްދުﷲއާއި، މުމްތާޒު އަބްދުއްރަޝީދުގެ އިތުރަށް ޕީޕީޓީގެ ހުސެއިން ޝުއައިބެވެ. އަދި މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ޓީމް ފައިނޭންސްގެ އިސްމާއިލް އަލީ އެވެ. އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ޓީމް ފައިނޭންސްގެ މުމްތާޒު އަބްދުއް ރަޝީދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް