ކްލަބް ވެލެންސިއާގެ ރައީސަކަށް އަދި ބޯޑް އޮފް ޑިރެކްޓާސްގެ ޗެއާމަނަކަށް ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒް ހަމަޖައްސައިފި އެވެ.
ވެލެންސިއާއިން ފާސްކުރި ގަރާރެއްގައި ބުނެފައިވަނީ އެކްލަބުގެ ބޯޑުން މުޖުތާޒް ހަމަޖެއްސީ މައްސަލަގަނޑެއްގެ ތެރެއަށް ކްލަބް ނުވެއްދުމަށާއި އިންތިހާބަކަށް ދާން އެކަށީގެންވާ ވަގުތު ނެތުމުން އަދި އެކަށީގެންވާ ވަގުތު ޖެހުމުން އިންތިހާބަކަށް ދިއުމާ ހަމައަށް ކަމަށް އެކްލަބުން ފާސްކުރި ގަރާރުގައި ބުނެފައިވެއެވެ.
ކްލަބުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމް ފުރާނީ އަބްދުﷲ ރާގީ ރަޝީދު ކަމަށާއި ފުޓްބޯޅައިގެ ކޮންގްރެސްތަކުގައި ކްލަބުގެ ފަރާތުން ވޯޓް ލާނީ އޭނާ ކަމަށް ވެސް އެގަރާރުގައި ބުނެފައިވެއެވެ.
ވެލެންސިއާގެ ބޯޑުން ފާސްކުރި ގަރާރުގައި ބުނެފައިވަނީ އެ ކްލަބުގެ ވައިސް ޗެއާމަން ބައްސާމް އަދީލް ޖަލީލް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުރިހާ ހިނދަކު ފުޓްބޯޅަ އާއި އެކަމާ ގުޅުން ހުރި އެއްވެސް ކަމެއްގައި ކްލަބް ތަމްސީލްނުކުރާނެ ކަމަށެވެ.
މިސީޒަނު ފެށުނުއިރު، ވެލެންސިއާގައި މެނޭޖްމަންޓްގައި ބޮޑު މައްސަލަތަކެއް ހުރި ކަމަށް ބުނެ އިހުތިޖާޖްކުރުމުގެ ގޮތުން ކްލަބުގެ ކުޅުންތެރިން ވަނީ ސީޒަންގެ ކުރީކޮޅު ފަރިތަކުރުންތައް ވެސް ހުއްޓާލައިފަ އެވެ. އޭގެ އިތުރުން ވެލެންސިއާގެ ކޯޗިންގް ސްޓާފުންވެސް ވެލެންސިއާގެ ބޯޑުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް