މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އިބްރާހިމް ފަރީދު އަހްމަދު ނިޔާވެއްޖެއެވެ.
ދުވަހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މިއަދުގެ ވަގުތެއްގައި ޝައިޚް ފަރީދު ނިޔާވެފައިވަނީ މެލޭޝިޔާގެ ކުއަލަލަމްޕޫރުގައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އެއީ ކުއްލި މަރެކެވެ.
ޝައިޚް ފަރީދަކީ ރާއްޖޭގައި ދީނީ ޢިލްމު ފެތުރުމުގެ އިތުރުން އިސްލާހީ ހަރަކާތްތަކުގައިވެސް އިސް ސަފުން ފެނިގެންދިޔަ ސަހުސެކެވެ. މި ފަހުން ހަރަކާތްތެރިވި މަންޒަރު ފެނިގެންދިޔައީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމް އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދިޔަ ޖަމުޢިއްޔާއެއްގެ އިސް ރޯލަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް