ގައްޒާއަށް އެހީ ހިފައިގެން ކަނޑުމަގުން ދަތުރުކުރަމުން ދިޔަ "މަދްލީން" އިސްރާއީލުގެ ކަނޑުގެ ބާރުތަކުން ހިފަހައްޓައިފި

އިސްރާއީލުގެ ކަނޑުގެ ބާރުތަކުން ސުވީޑިޝް އެކްޓިވިސްޓް ގްރެޓާ ޓުންބާގް އާއި އިތުރު 11 މީހުން ގޮވައިގެން ގައްޒާއަށް ދަތުރުކުރި "މަދްލީން" ނަމަކަށް ކިޔާ އެހީގެ އުޅަނދު ބައިނަލްއަޤްވާަލްއަޤްވާމީ ކަނޑުގައި...

09 Jun 2025 | 02:46

އިސްރާއީލުގެ ކަނޑުގެ ބާރުތަކުން ސުވީޑިޝް އެކްޓިވިސްޓް ގްރެޓާ ޓުންބާގް އާއި އިތުރު 11 މީހުން ގޮވައިގެން ގައްޒާއަށް ދަތުރުކުރި "މަދްލީން" ނަމަކަށް ކިޔާ އެހީގެ އުޅަނދު ބައިނަލްއަޤްވާަލްއަޤްވާމީ ކަނޑުގައި ހިފަހައްޓައިފިއެވެ. މި އުޅަނދަކީ ފްރީޑަމް ފްލޮޓިލާ ކޯލިޝަންގެ ބައެކެވެ. އަދި އިސްރާއީލުން ގައްޒާގެ މައްޗަށް އަޅާފައިވާ ކަނޑުގެ ބްލޮކޭޑް ނިމުމަކަށް ގެނައުމަށް މަސައްކަތްކުރުމާއެކު، ކުޑަކުދިންގެ ކާނާއާއި، ކާބޯތަކެއްޗާއި، ބޭސްފަރުވާގެ ތަކެތި ހިމެނޭ އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރި އުޅަނދެކެވެ. އިސްރާއީލުގެ ބާރުތަކުން އެ އުޅަނދުގެ ދަތުރުގެ މިސްރާބު ބަދަލުކުރުމަށް އެންގުމަށްފަހު އެ އެންގުމަށް އިޖާބަނުދިނުމުން އެ އުޅަނދަށް އަރައި، މިހާރު އެ އުޅަނދު ގެންދަނީ އިސްރާއީލުގެ ބަނދަރަކަށެވެ. އުޅަނދުގައި ތިބި އެންމެން އަނބުރާ އެމީހުންގެ ގައުމުތަކަށް ޑީޕޯޓު ކޮށްލާނެކަމަށް ކަމަށް ލަފާކުރެވެއެވެ.

ގްރެޓާ ޓުންބާގް މި މިޝަން ގުޅިފައިވަނީ އޭނާ ބުނާ ގޮތުގައި "އިންސާނިއްޔަތާ ޚިލާފު އަދި ޤާނޫނާ ޚިލާފު" ގައްޒާގެ ބްލޮކޭޑްއާ ދެކޮޅަށް އިހުތިޖާޖުކުރުމަށެވެ. އަދި އިސްރާއީލުން ގަސްދުގައި އެ ސަރަޙައްދުގެ އާބާދީ ބަނޑަށްޖައްސަމުންދާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. މީގެ ކުރިން މޭ މަހު ފްލޮޓިލާއިން ކުރި މަސައްކަތް ނާކާމިޔާބުވެފައިވަނީ މޯލްޓާ ކައިރީގައި އެ މިޝަންގެ އިސް އުޅަނދަކަށް ސިއްރު ޑްރޯން ހަމަލާއެއް ދިނުމާ ގުޅިގެންނެވެ.

އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ މި ފްލޮޓިލާއަކީ "ހަމާސްގެ ޕްރޮޕެގަންޑާއެއް" ކަމަށް ބުނެ، ކަނޑުގެ ބާރުތަކަށް ފިޔަވަޅު އެޅުމުގެ ހުއްދަ ދީފައެވެ. މޯލްޓާ އާއި ޕަލާއު އިން ވެސް މި މިޝަންގެ ކުރިއެރުމަށް ހުރަސްއަޅާފައިވާ ކަމަށް ރިޕޯޓުކުރެވިފައިވެއެވެ. އަދި ޑްރޯން ހަމަލާ ދިނުމުގެ ކުރިން ދުވަސްތަކެއްގެ ތެރޭގައި ޕަލާއު އިން ވަނީ އެ އުޅަނދުގެ ދިދަ ރަޖިސްޓްރޭޝަން ބާޠިލުކޮށްފައެވެ.

މިކަމާއި ގުޅިގެން ބައިނަލްއަޤްވާމީ ފަރާތްތަކުގެ ރައްދުތައް ވަނީ ދެބައިވެފައެވެ. ފަލަސްޠީނަށް ތާއީދުކުރާ ގްރޫޕްތަކުން މި މިޝަނަށް ތަޢުރީފުކޮށްފައިވާއިރު، ޔޫ.އެސް ސެނެޓަރ ލިންޑްސޭ ގްރާހަމް ފަދަ ފާޑުކިޔާ ފަރާތްތަކުން މި މިޝަން ދެކެފައިވަނީ މަލާމާތުގެ ނަޒަރަކުންނެވެ. ޓުންބާގް ވަނީ ހަމަލާ ދިނުމުގެ ކުރިން ރެކޯޑުކޮށްފައިވާ ވީޑިއޯއެއް ދޫކޮށް، އެމީހުން "ބައިނަލްއަޤްވާމީ ކަނޑުގައި ވަގަށްނެގިފައިވާ" ކަމަށް ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް