ދިރާސާއެއް ކުރިއަށްގެންދިއުމަށްޓަކައި ހުޅުމާލެ ޗެނަލް ނުވަތަ ކޯރު ސަރައްދު ވަގުތުކޮޅަކަށް ބަންދުކުރަން ނިންމައިފިއެވެ.
ހުޅުމާލެ ޗެނަލް ނުވަތަ ކޯރަކީ ހުޅުމާލޭގެ ދެ ފިޔަވަހި ގުޅުވާލަދޭ ސަރަހައްދުގައިވާ ޗެނަލެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފައިވަނީ އެ ކޯޕަރޭޝަންގެ ބޭނުމަކަށް އެ ކޯރު ސަރަޙައްދު އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 09:30 އިން މެންދުރުން އަނބުރާ 02:00 އަށް ބަންދުކުރެވޭނެކަމަށެވެ.
އެ ވަގުތުގައި އެ ސަރަހައްދުގައި ޖެޓްސްކީ ދުއްވުމާއި މޫދަށް އެރި އުޅުމާއި ޑިންގީ ހުރަސްކުރުން ނުވަތަ އެ ސަރަހައްދަށް ވަނުން މަނާވާނެކަމަށް ބުނެފައިވެއެވެ.
އެޗްޑީސީއިން ބުނެފައިވަނީ ޗެނަލް ބަންދުކުރަން ޖެހެނީ އާންމުންނާއި އެ ސަރަޙައްދުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެދުވަހު އެ ވަގުތުކޮޅަށް ކޯރު ސަރަހައްދު ބަންދުކުރަނީ އެ ކޯރުގެ ބަތިމެޓްރިކް ސާވޭއެއް ކުރުމަށެވެ. ބަތިމެޓްރިކް ސާވޭއަކީ ފެން ހިމެނޭ ސަރައްދުގެ ފުންމިން ދެނެގަތުމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބަލަންޖެހޭ އެހެނިހެން ކަންކަން ބެލުމަށް ކުރިއަށްގެންދެވޭ ސާވޭއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް