އޮޕްރޭޝަން "ކުރަނގި" ކ.މާފުށީގައި ކުރިއަށް ގެންދަން ތައްޔާރުވަނީ

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ދާހިލީ ވުޒާރާ އާއި ފުލުހުން އަދި އިމިގްރޭޝަން ގުޅިގެން މިދިޔަ މަހުގައި ފެށި އޮޕްރޭޝަން "ކުރަނގި" ކ. މާފުށީގައި ކުރިއަށް ގެންދިޔުމަށް ތައްޔާރީތ...

09 Jun 2024 | 16:56

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ދާހިލީ ވުޒާރާ އާއި ފުލުހުން އަދި އިމިގްރޭޝަން ގުޅިގެން މިދިޔަ މަހުގައި ފެށި އޮޕްރޭޝަން "ކުރަނގި" ކ. މާފުށީގައި ކުރިއަށް ގެންދިޔުމަށް ތައްޔާރީތައް ފަށައިފިއެވެ.

ދާހިލީ ވުޒާރާއިން މި އޮޕްރޭޝަން ރަސްމީކޮށް ފަށާާފައިވަނީ ކ.ހިންމަފުށީގައެވެ. ހިންމަފުށީގައި ކުރިއަށް ގެންދެވުނު ހަރަކާތުގައި އެ ރަށުގައި ދިރިއުޅޭ705 ބިދޭސީ މަސައްކަތްތެރިންގެ ބަޔޔޮމެޓްރިކް ޑާޓާ ނަގައިި އެ މައުލޫމާތު ބަލަަހައްޓާ ސިސްޓަމަާށް އަޕްލޯޑް ކޮށްފައި ވެއެވެ.

މި އޮޕްރޭޝަންގައި، ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ ނަގައި ގަވާއިދަށް ފެއްތުމުގެ މަސައްކަތް ކުރެވިގެން ދާއިރު މި އޮޕަރޭޝަން ނިމޭއިރު ރާއްޖޭގައި މައުލޫމާތު ކަށަވަރު ނުވާ އެއްވެސް ބިދޭސީއަކު ނުހުންނާނެ ކަމަށް ދާހިލީ ވަޒީރު ޢަލީ އިޙުސާން ވަނީ ކުރިން ވިދާޅުވެފައެވެ.

އެގޮތުން ދާހިލީ ވުޒާރާގެ މެއިން ޑާޓާ ބޭސްއަށް ކައުންސިލްތަކުގެ އެކްސެސް ދެވިގެން ދާނެ ކަމުގައި އެ ވުޒާރާއިން ވަނީ ފާހަގަ ކުރައްވާފައެވެ. މީގެ ސަބަބުން އެ ރަށެއްގައި ދިިރިއުޅޭ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށް ދިމާވާ ދަތިތަކަށް ހައްލު ލިބިގެން ދާނެކަމަށް އެ ވުޒާރާއިން ވަނީ ފާހަގަ ކުރައްވާފައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން އުޅޭ މައްސަލައަށް3 އަހަރު ތެރޭގައި ހައްލު ލިބިގެން ދާނެ ކަމަށާއި، ފުރަތަމަ މަސައްކަތެއްގެ ގޮތުން ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ ފިންގާ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތުތައް އަހަރެއްގެ ދުވަހުގެ ތެރޭގައި އެއްކުރެވިގެން ދާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ވުޒާރާއިން ބުނީ، މި މަރުހަލާގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭންސީންނަށް ފިޔަވަޅު އެޅުމުގެ ބަދަަލު ފުރަތަމަ ގަވައިދަށް ވަންނަން ބޭނުން ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ.

އަދި ފުރަތަމަ މަރުހަލާ ނިމުމަށް ފަހު ރަސްމީ ލިޔެކިޔުން ނެތި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޯ މެޓްރިކް އައިޑެންޓިފިކޭޝަން ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން އަނބުރާ ގައުމަށް ފޮނުވާލެވޭނެކަން އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް