ހާދިސާ ހިނގީ ސީ ޕްލޭން ޖައްސަން އުޅުމުގެ ތެރޭގައި – އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވޭ

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީ ޕްލޭނެއްގައި މިއަދު ހާދިސާއެއް ހިނގީ އެ ސީ ޕްލޭން ޖައްސަން އުޅުމުގެ ތެރޭގައި ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުނ...

09 Jun 2024 | 15:31

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީ ޕްލޭނެއްގައި މިއަދު ހާދިސާއެއް ހިނގީ އެ ސީ ޕްލޭން ޖައްސަން އުޅުމުގެ ތެރޭގައި ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުން ބުނެފިއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ސީ ޕްލޭން ޖައްސަން އުޅުމުގެ ތެރޭގައި އޭގެ އެއް ކަނދު ނެއްޓިގެންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ބައެއް ވީޑިއޯތަކުން ފެންނަގޮތުގައި ޓީއެމްއޭގެ ސީ ޕްލޭނެއް ދިޔަވަމުންދާ މަންޒަރު ފެނެއެވެ. އަދި ކުޑަ ލޯންޗެއް ކައިރިކޮށްގެން އެ ސީ ޕްލޭނުން ފަސިންޖަރުން ބާލާ މަންޒަރުވެސް އެއް ވީޑިއޯއިން ފެނެއެވެ.

މި ހާދިސާއާއި ގުޅޭގޮތުން ޓީއެމްއޭއިން ރަސްމީ ސިފައެއްގައި އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

ފުލުހުން ބުނެފައިވަނީ ހާދިސާ ހިނގީ ބ. އަތޮޅު ރިސޯޓަކަށް ޖައްސަން އުޅުމުގެ ތެރޭގައި ކަމަށާއި މިފަދަ ހާދިސާތައް ތަހުގީގު ކުރުމުގެ ޒިންމާ އޮންނަ ފަރާތަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ބ. އަތޮޅުގައި އޮންނަ ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓުގެ ފަޅުތެރޭގައެވެ. މި ހާދިސާ ހިނގިއިރު ސީ ޕްލޭންގައި ޕަސިންޖަރުން ތިބި އަދަދު ސާފެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް