އިންޑިއާގެ ޓެނިސް ކުޅުންތެރިޔާ ސާނިއާ މިރްޒާ ޙައްޖަށް ފުރައިފިއެވެ.
އޭނާ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި އަހަރު ޙައްޖު ކުރުމުގެ ފުރުޞަތު އޭނާއަށް ލިބިފައިވާކަމަށާއި އެންމެންގެ ފަރާތުން މަޢާފަށްއެދި އެންމެންގެ ހިތް ޚަލާސް ބޭނުން ކަމަށެވެ.
އޭނާ ބުނެފައިވަނީ މި ފުރުޞަތު ލިބުނީތީ ވަރަށް އުފާވާކަމަށެވެ.
ސާނިޔާ ވަނީ މިދިޔަ އަހަރު އުމްރާވެސް ކޮށްފައެވެ.
މުމްބާއީގައި 15 ނޮވެމްބަރު 1986ގައި އުފަންވި ސާނިއާއަކީ ހައިދަރުއާބާދުގެ މުސްލިމް ދެމަފިރިން ކަމުގައިވާ އިމްރާން މިރްޒާއާއި ނަސީމާއަށް ލިބިފައިވާ މުސްލިމް ދަރިއެކެވެ.
ސާނިއާއަކީ އިންޑިއާގައި މިހާތަނަށް އުފެދުނު އެންމެ މުޅި ޓެނިސް ކުޅުންތެރިޔާކަމުގައި އިންޑިއާއިން ސިފަކުރެއެވެ.
އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި މިއަދު ސާނިއާ ވަނީ މައްކާއަށް ފުރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް