ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ ޤައުމީ މަސައްކަތްޕުޅު ކާމިޔާބުކުރެއްވުމަށް ސިވިލް ސާވިސްގެ އެއްބާރުލުން ބޭނުންވޭ: ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ ޤައުމީ މަސައްކަތްޕުޅު ކާމިޔާބުކުރެއްވުމަށް ސިވިލް ސާވިސްގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއ...

09 Jun 2024 | 11:13

ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ ޤައުމީ މަސައްކަތްޕުޅު ކާމިޔާބުކުރެއްވުމަށް ސިވިލް ސާވިސްގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ސިވިލް ސަވިސްގެެ4 ވަނަ ކޮންފަރެސް ހުޅުވުމަށް ބޭއްވުނު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ރައްޔިތުންނަށް ދެއްވާ ޚިދުމަތްތައް ހަލުވިކޮށް ޒަމާނީ ޙިދުމަތްތަކަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅު ކާމިޔާބުކުރުމަށް ސިވިލް ސާވިސްގެ އެއްބާރުލުން ބޭނުން ވާކަމަށެވެ.

ސިވިލް ސާވިސްގެ އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ނައިބު ރައީސްއެވެ. ނައިބު ރައީސް ވިދާޅުވީ17 ވަރަކަށް އަހަރު ކުރިން އުފެދުނު ސިވިލް ސާވިސްގައި މިއަދު ފެނިގެން ދަނީ ޒަމާނީ ހެޔޮބަދަލު ތައް ކަމުގައެވެ.

ސިވިލް ސާވިސްއަށް ތައުރީފު ކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، ސަރުކާރެއް ހިންގުމަށް ސިވިލް ސާވިސްގެ ދައުރު ވަަރަށް މުހިންމު ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒުގެ ޤައުމީ ޚިދުމަތުގެ މޮޓޯއަކީ ރައްޔިތުންނަށް ދެއްވާ ހުރިހާ ޚިދުމަތްތަކެއް ހަލުވިކޮށް ޒަމާނީގޮތުގައި ފޯރުކޮށްދެއްވުމެވެ. އެހެން ކަމުން މިކަން ހާސިލް ކުރުމަށް ސިވިލް ސާވިސްގެ ދައުރު ވަރަށް މުހިންމު ކަމުގައި ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

ސިވިލްސާވިސްއަށް ވާގިވެރިވާ ދެކަމެއް ފާހަގަ ކުރައްވަމުން ނައިބު ރައީސް ވިދާޅުވީ ޚިނިތުންވުމާއި އޯގާތެރިކަމާއި އެކު ޚިދުމަތް ދިނުމާއި، ހަލުވި ކަމާއި އެކު ޒަމާނާ ގުޅޭ ގޮތަށް ޚިދުމަތް ދިނުން ކަމުގައެވެ. އެގޮތުން ނައިބު ރައީސް ފާހަގަކޮށްލީ އެތައް އިރެއްގައި ކިއުގައި ހުރެގެން ޚިދުމަތް ހޯދަން ޖެހުމަކީ މި ޒަމާނުގައި ހައްލު ހޯދޭނެ ކަމެއް ގޮތުގައެވެ. އެގޮތުން އެފަދަ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމުން އެ ޚިދުމަތްތަކުގައި ރަގަނޅު ކުރަން ޖެހޭ ނުކުތާތައް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ސަރުކާރުން އަމާޒުކުރާ ކަމެއް ކަމުގައި ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުން ކަންކަން ކުރިއަށް ގެންދާނީ ރައްޔިތުންގެ އަޑު އަހާ ރައްޔިތުންނަށް އޮޅުން ފިލާހެން ސާފުކޮށް ކަމުގައި ނައިބު ރައީސް ފާހަގަކޮށް ވިދާޅުވީ މި މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ސިވިލް ސާރވިސްގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާކަމަށްށެވެ. އަދި މީގެ އިތުރުން ނައިބު ރައީސް ވިދާޅުވެލެއްވީ،ސިވިލް ސާވިސް މުވައްޒަފުން އެދިވަޑައިގަންނަވާ ކަންކަްން ފަހިކޮށް ފަސޭހަކޮށްދިނުމަށް ސަރުކާރުން ރެޔާ ދުވާލު ކެނޑި ނޭޅި މަސައްކަތް ކުރައްވާނެކަމަށެވެ.

މި ކޮންފަރެސްގައި ނައިބު ރައީސް ވާހަކަފުޅު ނިންމާލައްވަމުން ވިދާޅުވީ، ފަސް އަހަރުގެ ދިގު މުއްދަތަކަށް މެދުކެނޑުމަށް ފަހު ސިވިލް ސާރވިސްގެ ކޮންފަރެސްތައް މިހާރު ފެށިފައިވާއިރު، މި ކޮންފަރޭސްތަކަކީ މުހިންމު ނިންމުން ތަކެއް ނިންމޭނެ ފާގަތި ކޮންފަރެސަކަށް ވެ ދިޔުމަށާއި މި ކޮންފަރޭސްގެ ސަބަބުން ސިވިލް ސާވިސްގެ ޚިދުމަތްތަށް ފޯރުކޮށްފިނުމުގައި ދިމާވެފައިވާ މައްސަލަތަކަށް ޙައްލު ލިބިގެން ދާނެ ކަމަށް އެމަނިކުފާނު އުންމީދު ކުރައްވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް