ދެމަފިރިއެއްގެ ދެމެދުގައި ހިނގި ސިމްކާޑުގެ ހާދިސާއަކާއި ގުޅުވައި މީހަކު ކުރި ސުވާލަކަށް ސާފު ސީދާ ޖަވާބެއް ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ދެއްވައިފިއެވެ.
އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕްސްގައި ސުވާލުކުރި މީހާ ސުވާލުގައި އަހާފައިވަނީ އޭނާގެ ރަހުމަތްތެރިއަކު، އެ ރަހުމަތްތެރިޔާގެ އަންހެނުންނާ ޖެހުނު މައްސަލައެއްގައި ފޯނުގެ ސިމް އަތުލައިގެން ނުދީ އުޅުނު ކަމަށާއި އެ ފިރިހެން މީހާ އެ ސިމް ނުދީ އެކި ތަންތަނުން ފިލައިގެންވެސް އުޅުނު ކަމަށެވެ. އަދި ހަތަރު ގަޑިއިރުވަރު ފަހުން ސިމް ދީފައި "ތިހުރީ ވަރިކޮށްފައޭ" ބުނި ކަމަށެވެ. ސުވާލުގައި އަހާފައިވަނީ އެހެންކަމަށްވަންޏާ ވަރިވާނެތޯ؟ އެވެ.
ޖަވާބުގައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ "ތިޔަށްވުރެ ސާފުކޮށް މީހަކު ވަރިވާނެ ގޮތެއް ނުވިސްނޭ" ކަމަށެވެ. ވަރިކޮށްފީމޭ ބުނެފިނަމަ އެއޮތީ ވަރިވެފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް