ދިވެހި ހައްޖުވެރިން ތެރޭގައި ބޮޑެތި ބަލިތައް ތަޙައްމަލު ކުރާ މީހުންގެ އަދަދު ގިނަ - އިންތިޒާމުތައް ރަނގަޅު

މިއަހަރުގެ ރާއްޖޭގެ ޙާއްޖުވެރިންގެ ތެރޭގައި ބޮޑެތި ބަލިތައް ތަޙައްމަލު ކުރާ މީހުންގެ އަދަދު ވަރަށް ގިނައެވެ. މިގޮތުން ހައްޖުވެރިންގެ ތެރޭގައި ބޮޑެތި ބަލިތައް ތަޙައްމަލު ކުރާ 50  ވަރަކަށް މީހުން އެބަތި...

09 Jun 2024 | 09:12

މިއަހަރުގެ ރާއްޖޭގެ ޙާއްޖުވެރިންގެ ތެރޭގައި ބޮޑެތި ބަލިތައް ތަޙައްމަލު ކުރާ މީހުންގެ އަދަދު ވަރަށް ގިނައެވެ.

މިގޮތުން ހައްޖުވެރިންގެ ތެރޭގައި ބޮޑެތި ބަލިތައް ތަޙައްމަލު ކުރާ 50  ވަރަކަށް މީހުން އެބަތިބިކަމުގައި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޙައްޖަުގެ އަޅުކަން ކުރުމަށް ރާއްޖެއަށް ލިބޭ ކޯޓާގެ5 އިންސަތަ ހާއްސަކުރަނީ ބޮޑެތި ބަލިތައް ތަޙައްމަލު ކުރާ މީހުންނަށެވެ. މި އަހަރުވެސް ބޮޑެތި ބަލިތައް ތަޙައްމަލު ކުރާ ފަރާތްތަކަށް ޖާގަ ދީފައި ވެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުޟޫމާތު ދެއްވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމުގައި ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ 50 ވަރަކަށް މީހުން ތިބި ކަމަށެވެ.

މީގެތެރޭގައި ހިމެނެނީ ކެންސަރު ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކާއި، ކިޑްނީ ބަލިތަކަށް ފަރުވާ ހޯދަމުން ދާ ފަރާތްތަކުންނެވެ. މިގޮތުން ކެންސަރު ބަލީގެ އެކި ސްޓޭޖްތަކަށް ފަރުވާ ހޯދައްވާ ފަރާތްތައް ތިބި ކަން ފާހަގަ ކުރައްވާ ޝަކީލް ވިދާޅުވީ، އެފަދަ ބޮޑެތި ބަލިތައް ތަހައްމަލް ކުރާ ފަރާތްތަކަށް ފަރުވާ ދިނުމަށް މެޑިކަލް ޓީމު ތައްޔާރަށް އޮތް ކަމަށެވެ. އަދި ޙައްޖުގެ މަޝާއިރުގެ ތެރޭގައިވެސް އެބޭފުޅުންނަށް ސިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވަމުން ދާ ކަމަށެވެ. މީގެއިތުރުން ހޮސްޕިޓަލަށް ގެންދަން ޖެހިއްޖެ ހާލަތެއްގައި ހޮސްޕިޓަލަށް ގެންދާނެ އިންތިޒާމްވެސް ހަމަޖައްސަވާނެކަމަށް ޝަކީލް ވަނީ ވިދާޅުވެފައެވެ.

ދިވެހިންގެ ސިއްހީ ކަންކަން ބެލެހެއްޓުމަށް ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް ވަނީ އެކުލަވާލާފައެވެ. މިގޮތުން4 ޑޮކްޓަރުންނާއި5 ނަރުހުންގެ ޓީމެއް މައްކާއާއި މަދީނާގައި ހޭދަވާ ދުވަސްތަކުގައި ސިއްހީ ގޮތުން ދިމާވާ ކުދި ކުދި މައްސލަތަކުގައި ހައްޖުވެރިންނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެއެވެ. އަދި މައްކާގެ ހޮޓެލްގައިވެސް ޑޮކްޓަރަށް ދެއްކުމަށް ހާއްސަ ކްލިނިކެއް ގާއިމްކޮށްފައިވެއެވެ. އަދި ބޭސް ނެގޭނެ ފާމަސީއެއްވެސް ހޮޓެލްގައި ހުރެއެވެ.

މިއަަހަރު ރާއްޖެއަށް ލިބިފައިވާ ރަސްމީ ކޯޓާގައިވ ާ1000 ޙައްޖުވެރިން މިހާރު ތިބީ ސައުދީ އަރަބިއްޔާގައެވެ. މީގެ ތެރެއިން50 މީހުންނަށް ވުރެން ގިނަ މީހުންނަކީ ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުންނާއި އުމުރުން 70 އަހަރުން މަތީގެ މީހުންނެވެ. މީގެ އިތުރުން ސަރުކާރުން ފޮނުވާފައިވ ާ50 ފަޤީރުންވެސް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް