ޢީދު ބަންދާ ދިމާކޮށް ރަށްރަށުގައި ނެތް ތަންތަން ބުކިން ސައިޓުތަކުގައި ޖަހައިގެން ވިއްކުމުގެ ސްކޭމްތަކެއް !

ކުރިއަށް އޮތް ޢީދު ބަންދާއި ދިމާކޮށް ބައެއް ރަށްރަށުގައި ނުވެސް ނެތް ތަންތަން ބުކިން ސައިޓްތަކުގައި ޖަހައިގެން ސްކޭމްތަކެއް ހިންގަމުން އަންނަކަން ސަމާލުކަމަށް ގެނެސްފިއެވެ. އެގޮތުން ބ. އަތޮޅު ފުލުހުން...

09 Jun 2024 | 07:31

ކުރިއަށް އޮތް ޢީދު ބަންދާއި ދިމާކޮށް ބައެއް ރަށްރަށުގައި ނުވެސް ނެތް ތަންތަން ބުކިން ސައިޓްތަކުގައި ޖަހައިގެން ސްކޭމްތަކެއް ހިންގަމުން އަންނަކަން ސަމާލުކަމަށް ގެނެސްފިއެވެ.

އެގޮތުން ބ. އަތޮޅު ފުލުހުން ބުނީ އީދު ބަންދާ ދިމާކޮށް ޗުއްޓީއައް ރައްރަށަށް ދަތުރު ކުރައްވާއިރު ތަންތަން ކުއްޔަށް ހިފުމުގައި ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރާކަމަށެވެ.

"ރައްރަށުގައި ނެތް ތަންތަން ބުކިންގ ސައިޓްތަކުގައި ޕޯސްޓްކޮށްފައި ހުރިކަން ވަނީ ފާހަގަ ކުރެވިފައި. އަޅުގަނޑުމެންގެ ސަމާލުކަމަށް މިހާތަނަށް އައި ޕޯސްޓްތައް ވަނީ ރިޕޯޓް ކުރެވި ޕޯސްޓް ރިމޫވް ކުރެވިފައި" ބ. އަތޮޅު ފުލުހުން ބުނެފައިވެއެވެ.

ބ. އަތޮޅު ފުލުހުން އިތުރަށް ބުނެފައިވަނީ  އެއްވެސް ރަށެއްގެ ގެއެއް ނުވަތަ ރޫމެއް ރިޒާވް ކުރައްވާނަމަ އެރަށުން އިތުބާރުކުރެވޭ ފަރާތެއްގެ އެހީތެރިކަން ހޯއްދެވުމަށް އިލްތިމާސް ކުރާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް