މި ޢީދުގައި ހިޔަލަ ގްރޫޕަށް ވަރަށް ބާރު ބޮޑު – މުޅި ޢީދު ފުލް

ކުރިއަށް މި އޮތް އަޟްޙާ ޢީދުގައި، މުޅި ޢީދު ކަވަރުވާހެން ގިނަ ރަށްތަކެއްގައި ޝޯތައް ދިނުމަށް ހިޔަލަ ޑާންސް ގްރޫޕުން އަތުކުރި އޮޅާލައިފިއެވެ. ދުވަހަށް މަޢުލޫމާތުދެމުން އެ ގްރޫޕްގެ އިވެންޓް މެނޭޖަރ އަހް...

09 Jun 2024 | 07:22

ކުރިއަށް މި އޮތް އަޟްޙާ ޢީދުގައި، މުޅި ޢީދު ކަވަރުވާހެން ގިނަ ރަށްތަކެއްގައި ޝޯތައް ދިނުމަށް ހިޔަލަ ޑާންސް ގްރޫޕުން އަތުކުރި އޮޅާލައިފިއެވެ.

ދުވަހަށް މަޢުލޫމާތުދެމުން އެ ގްރޫޕްގެ އިވެންޓް މެނޭޖަރ އަހްމަދު އަބްދުﷲ (އޭޑީ) ބުނީ މިހާރު ޢީދުގެ ހުރިހާ ދުވަހަކަށް ފުލްވެފައިވާކަމަށާއި ގިނަ ރަށްތަކެއްގައި ޢީދު ޝޯ ދިނުމަށް ދަޢުވަތު ލިބި އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

އެގޮތުން ފުރަތަމަ ޢީދު ދުވަސްކަމުގައިވާ 16 ވާ އާދީއްތަ ދުވަހު ހަވީރު އެ ގްރޫޕް ނިސްބަތްވާ ނ. މަނަދޫގައި ޚާއްޞަ ސަޤާފީ ޢީދު ހަރަކާތެއްގައި އެ ގްރޫޕުން ޕާފޯމް ކުރާނެއެވެ. އެއަށްފަހު އެ ރޭ އެ އަތޮޅު ވެލިދޫގައި ޝޯ ދިނުމަށް ހަމަޖެހިފައިވާއިރު 17 ވަނަ ދުވަހު ދ. ހުޅުދެއްޔަށް ދަތުރުކުރާނެއެވެ. 18 ވަނަ ދުވަހު އއ. އުކުޅަހުގައި އަދި 19 ވަނަ ދުވަހު ކ. ހިންމަފުށި އަދި 20 ވަނަ ދުވަހު އއ. މާޅޮސް އަދި 21 ވަނަ ދުވަހު ހދ. ހަނިމާދޫ އަދި އެއަށްފަހު 22 ވަނަ ދުވަހު ހދ. ކުމުންދޫގައި ޝޯ ދޭނެއެވެ.

https://www.youtube.com/watch?v=Xl_vm4n9pXY

އެކި ހުށަހެޅުންތައް ހުށަހަޅައިދެމުން އަންނަތާ ގިނަ އަހަރުތަކެއްވައިވާ މި ގްރޫޕް ހިޔަލަ ގްރޫޕްގެ ނަމުގައި ހަރަކާތްތެރިވާން ފެށީ 2019 ވަނަ އަހަރުން ފެށިގެންނެވެ. ހިޔަލަ ޑާންސް ގްރޫޕަކީ އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދަމުން އަންނަ ގްރޫޕެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް