އައްޑޫސިޓީ ހިތަދޫ އުސްގަނޑު ސަރަހައްދުގައި ހުރި ބާ ކާރުތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ހަރަކާތްތެރިވެ، ނިއްވާލައިފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވާގޮތުގައި މި ހާދިސާގެ މަޢުލޫމާތު މިއަދު 07:40 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވަނީ ހަރަކާތްތެރިވެފައެވެ. މިގޮތުން އެ ސަރަހައްދަށް ފަޔަރ ފައިޓަރުން ގޮސް ކުރި މަސައްކަތުން އަލިފާން ނިއްވާލާފައި ވަނީ މިއަދު 08:00 ހާއިރުކަމަށް ބުނެފައިވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް