ކަނޑުމަތިން އިންޖީނު ހުއްޓުނު ސަފާރީއަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެގޮތުން މީމު ފުލުހުން މިއަދު ބުނެފައިވަނީ އިއްޔެ ހަވީރު 04:22 ހާއިރު ފަތުރުވެރިން ގޮވައިގެން ދަތުރު ކުރަމުން ދިޔަ މިސްރާބު ނަމަކަށްކިޔާ ސަފާރީއެއް އިންޖީން ހުއްޓުނު ކަމުގެ ރިޕޯޓް ލިބުމާއި ގުޅިގެން މ.އަތޮޅު ފުލުހުން އެހީތެރިކަން ފޯރުކޮއްދިން ކަމަށެވެ.
މ.އަތޮޅުން ފުރައިން ލ.އަތޮޅަށް ދަތުރު ކުރަމުންދިޔަ މި ސަފާރީގެ އިންޖީން ހުއްޓިފައިވަނީ މ.މުއްޔާއި ދިމާ 25 މޭލު ބޭރުން ކަމަށާއި މި ހާދިސާ ހިނގިރިރު ސަފާރީގައި ދެ ދިވެހިންނާއި ހަ ބިދޭސީން ތިބި ކަމަށްވެސް މީމު ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް