ދާލު، ލާމު އަދި މީމު އަތޮޅާ ގުޅޭ ބައި އިލެކްޝަން ބާއްވާ ތާރީޚް އަވަސްކޮށްފި

ޖޫން 15 އަށް ތާވަލްކުރި ބައި އިލެކްޝަން ބާއްވާ ތާރީހް އަވަސް ކުރުމަށް އިލެކްޝަންސް ކޮމިޝަން އިން ނިންމަވައިފިއެވެ. އެގޮތުން އަވަސްކޮށްފައިިމިވަނީ ދ. ކުޑަހުވަދޫ ކައުންސިލްގެ ރައީސް، ލ.ގަމު ކައުންސިލްގެ...

09 Jun 2024 | 04:50

ޖޫން 15 އަށް ތާވަލްކުރި ބައި އިލެކްޝަން ބާއްވާ ތާރީހް އަވަސް ކުރުމަށް އިލެކްޝަންސް ކޮމިޝަން އިން ނިންމަވައިފިއެވެ.

އެގޮތުން އަވަސްކޮށްފައިިމިވަނީ ދ. ކުޑަހުވަދޫ ކައުންސިލްގެ ރައީސް، ލ.ގަމު ކައުންސިލްގެ މެންބަރު އަދި މ.މުލަކު ކައުންސިލްގެ އަންހެން މެންބަރު އިންތިހާބުކުރުމަށް ބޭއްވޭ ބައި އިލެކްޝަންގެ ވޯޓުލާ ތާރީޚެވެ.

މި ބައި އިލެކްޝަންތައް ކުރިޔަށް ގެންދިޔުމަށް އިލެކްޝަން އިން ކުރިން ކަނޑައަޅުއްވާފައިވަނީ މި މަހުގެ 15 ވަނަ ދުވަހަށެވެ. އެހެން ނަމަވެސް މި މަހުގެ 15 ވާ ހޮނިހިރު ދުވަހަކީ އަރަފާތު ދުވަސް ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާފައިވާތީ މި މަހު 15 އަށް ތާވަލްކުރެވުނު ބައި އިލެކްޝަން މި މަހު ގެ14 ވާ ހުކުރު ދުވަހުގައި ބޭއްވުމަށް މިހާރު ވަނީ ނިންމަވާފައެވެ.

މި އިންތިހާބުގައި ވޯޓު ލުން ކުރިއަށް ދާނީ ޖޫން 14 ވާ ހުކުރު ދުވަހުގެ މެންދުރު ފަހު 14:00 އިން ރޭގަނޑުގެެ20:00 އަށް ކަމަށް އިލެކްޝަން އިން ބުނެފައިވެއެވެ.

އެ ދުވަހުގެ ވޯޓު ގުނުން ކުރިއަށް ދާނީ ވޯޓު ނަގާ ނިމޭތާ30 މިނެޓް ފަހުންނެވެ. އަދި މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާނީ ޖޫން23 ވާ އާދިއްތަ ދުވަހުގައި ކަމަށް އީސީން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް