މޭ މަހު ޒަކާތު ފަންޑުން 1.2 މިލިޔަން ރުފިޔާގެ އެހީ

ނިމި ދިޔައި މޭ މަހު ޒަކާތު ފަނޑުން 1.2 މިލިއަން ރުފިޔާގެ އެހީ ދީފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފިއެވެ. މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ، މޭ މަހު ޒަކާތު ފަނޑުން ބޭސްފަރުވާ ކުރުމަށް 180 ...

09 Jun 2024 | 04:42

ނިމި ދިޔައި މޭ މަހު ޒަކާތު ފަނޑުން 1.2 މިލިއަން ރުފިޔާގެ އެހީ ދީފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފިއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ، މޭ މަހު ޒަކާތު ފަނޑުން ބޭސްފަރުވާ ކުރުމަށް 180 މީހަކަށް 1.2 މިލިއަން ރުފިޔާގެ އެހީ ދީފައިވާ ކަމަށެވެ. ޒަކާތު ހައުސިންގް އިން ވަނީ ފަގީރުންނާއި މިސްކީނުންނަށް ބޭސްފަރުވާގެ އެހީގޮތުގައި ދީފައިވާގޮތުގެ ރިޕޯޓުތައް އާއްމުކޮށްފައެވެ.

ޒަކާތު ފަންޑުން އާއްމު ކުރި ރިޕޯޓު ތަކުން ދައްކާގޮތުގައި މައިގަނޑު 4 ކަމަކަށް ޒަކާތުގެ ފަންޑުން އެހީ ދީފައިވާކަމަށެވެ. އޭގެތެރޭގައި ކެންސަރު ބައްޔަށް ފަރުވާ ކުރުމަށާއި، ހިތުގެ އޮޕަރޭޝަން ކުރުމަށާއި، ކޮޑްނީ ބަލިތަކަށާއި، ސިކުނޑި އޮޕްރޭޝަންތައް ކުރުމަށް ށެވެ.އަދި އެހެނިހެން ބޭނުންތަކަށް ވެސް ޒަކާތު ފަނޑުން ވަނީ އެހީ ދީފައެވެ.

މޭ މަހު ކުރެވިފައިވާ ހަރަދުތަކުގެ ތެރޭގައި އޭޕްރިލް މަހު އެހީ ހަމަޖެހިފައިވާ ފަރާތްތަކުގެ ޚަރަދުތައް ހިމެނިފައިވާ ކަމަށް ޒަކާތު ހައުސިންގް އިން ވަނީ ބުނެފައެވެ. މޭ މަހު1.2 މިލިއަން ރުފިޔާގެ އެހީގެ ގޮތުގައި ހޭދަކޮށްފައި ވެއެވެ. އަދި ޖުމްލަ ގޮތުގައި އެ މަހުގައި އެހީގެ ގޮތުގ ެ1.6 މިލިއަން ޚަރަދުކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް