މާލޭގައި ކަރަންޓު ކޭބަލް ވަގަށްނެގުމުގެ މަސައްކަތްތަކެއް !

މާލޭގައި ކަރަންޓު ކޭބަލްތައް ވަގަށް ނެގުމުގެ މައްސަލަތަކެއް މާލޭ ސިޓީ ކައުންސިލުން ފުލުހުންނަށް ހުށަހަޅައިފިއެވެ. އެގޮތުން ކޭބަލް ވަގަށްނެގުމުގެ ދެ މައްސަލައެއް ހުށަހަޅާފައިވާކަމަށް ސިޓީކައުންސިލުން ބ...

09 Jun 2024 | 04:25

މާލޭގައި ކަރަންޓު ކޭބަލްތައް ވަގަށް ނެގުމުގެ މައްސަލަތަކެއް މާލޭ ސިޓީ ކައުންސިލުން ފުލުހުންނަށް ހުށަހަޅައިފިއެވެ.

އެގޮތުން ކޭބަލް ވަގަށްނެގުމުގެ ދެ މައްސަލައެއް ހުށަހަޅާފައިވާކަމަށް ސިޓީކައުންސިލުން ބުނެފައިވެއެވެ. އެ ކައުންސިލުން ބުނެފައިވަނީ އިއްޔެގެ ވަގުތެއްގައި ދެ ސަރަހައްދަކުން ކަރަންޓު ކޭބަލްތައް ވަގަށް ނަގާފައި ވާކަމަށެވެ.

އެގޮތުން ސިނަ މާލެ 3 ގެ ފެން މޯޓަރ ގެ ކޭބަލް ބުރިކޮށްގެން ވަގަށް ގެންގޮސްފައިކަމަށާއި މިކަމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ދަތި ތަކާއި ކުރިމަތި ލާން ޖެހުނު ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އަދި މީގެ އިތުރުން ފުޑް ކޯޓު ސަރަހައްދުގެ ރިންގް ރޯޑްގެ ލައިޓްތަކުގެ ކޭބަލްތައް ވެސް ވަގަށް ނަގާފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ލައިޓް ތަކުގެ ކޭބަލް ގުޅާ އަލުން ދިއްލުމުގެ މަސައްކަތް ކުރަމުން ދާ ކަމުގައި ސިޓީ ކައުންސިލުން ރޭގައި ބުނެފައިވެއެވެ.

މި ދެ މައްސަލަވެސް ފުލުސް އޮފީހަށް ހުށަހަޅާފައިވާކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް