އެފްވައިއެފްސީ 2023: އައުޓްރީފް އެސްސީން ބޮޑު މޮޅެއް ހޯދާ މުބާރާތުގެ ފެށުން ރަނގަޅުކޮށްފި

މުބާރާތުގެ ދެވަނަ މެޗުގައި މިއަދު ހަވީރު ކުޅުނު މެޗުން ބޮޑު މޮޅެއް ހޯދާ އައުޓްރީފް އެސްސީން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ. ނެވަގިވަޕް އާއި ވާދަކޮށް އައުޓްރީފުން މި މެޗު ކާމިޔާބު ކުރީ 0-8 ގެ ނަތ...

09 Jun 2023 | 16:37

މުބާރާތުގެ ދެވަނަ މެޗުގައި މިއަދު ހަވީރު ކުޅުނު މެޗުން ބޮޑު މޮޅެއް ހޯދާ އައުޓްރީފް އެސްސީން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

ނެވަގިވަޕް އާއި ވާދަކޮށް އައުޓްރީފުން މި މެޗު ކާމިޔާބު ކުރީ 0-8 ގެ ނަތީޖާއިންނެވެ.

މި މެޗުގައި މޮޅު ކުޅުމެއް ދައްކާ އައުޓްރީފުން މެޗު ކަމިޔާބު ކުރިއިރު، މި މެޗުގައި އެޓީމަށް ލަނޑުތައް ޖަހައިދިނީ އަލީ ހުމޭޒާއި އިސްމާއީލް ވަޖީހުއެވެ. މީގެން ކޮންމެ ކުޅުންތެރިއަކު ވެސް ވަނީ މި މެޗުގައި ހަތަރު ލަނޑު ޖަހާފަވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އައުޓްރީފް އެސްސީގެ އިސްމާއީލް ވަޖީހުއެވެ.

މިރޭވެސް މި މުބާރާތުގެ ތިން މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިރޭ 8:15 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގޯޅި އެސްސީއާއި ބިގްޝޮޓްއެވެ. މިއީ ގުރޫޕު ސީގެ މެޗެކެވެ.

އަދި މިރޭ 9:15 ގައި ކުޅޭ ގުރޫޕު ޑީގެ މެޗުގައި ބައްދަލުކުރާނީ ކަންމަތި އެފްސީ އާއި ބީޖީ ސްޕޯޓްސްއެވެ.

މިރޭގެ ފަހު މެޗުގައި ބައްދަލު ކުރާނީ އަފޭން އަދި ރަސްހިންނެ ޑިޓްރޮއިޓްސްއެވެ. މިއީ ގުރޫޕު އޭގެ މެޗެކެވެ. މި މެޗު ފަށާނީ މިރޭ 10:15 ގައެވެ.

މި ހުރިހާ މެޗެއްވެސް ޕަސްކުއަލް ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2023 ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޕަސްކުއަލް މޯލްޑިވްސްއެވެ. އަދި ޕްލެޓިނަމް ސްޕޮންސަރުންގެ ގޮތުގައި، ޝަބުނަމީ ހޯލްޑިންގް، ސިބްކޯ މޯލްޑްިވްސް، ކޮކާ ކޯލާ މޯލްޑިވްސްގެ އިތުރުން ލާމު ފޮނަދޫ ކައުންސިލް އަދި ސޯސަން ފިހާރަ ހިމެނެއެވެ. އަދި މީގެ އިތުރުން ސިލްވަރ ސްޕޮންސަރުންގެ ގޮތުގައި ހިމެނެނީ ބެސްޓްބައި މޯލްޑްިވްސް އަދި ޔޫރޯ ސްޓޯރ އެމްވީއެވެ.

މުބާރާތުގެ ލައިވް ޕާޓްނަރ އަކީ “ލޫޕްކާސްޓް އެމްވީ” އެވެ. އަދި މުބާރާތުގެ އޮފިޝިއަލް މީޑިއާ ޕާޓްނަރ އަކީ “ދުވަސް އޮންލައިން” އެވެ. މުބާރާތުގެ ފޮޓޯ ޕާޓްނަރ އަކީ އިމޭޖަސް އެމްވީއެވެ. ޑިޖިޓަލް ޕާޓްނަރ އަކީ ދިރާގެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް