ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޗާޓަށް އަނބުރާ ރުޖޫއަވުމަށް ގޮވާލާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ފިކުރަށް އައި ބަދަލާއެކު ރައީސް ނަޝީދަށް ގިނަ ބަހުގެ ހަމަލާތަކެއް ރައްދުކުރައްވަމުން އަންނަ ރޮޒެއިނާ މިހެން ވިދާޅުވީ އެކަމަނާ މިއަދު ކުރެެއްވި ޓްވީޓެއްގައެވެ.
އެގޮތުން ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަބްދުﷲ ގާޟީ މައްސަލައިގައި ވެސް ސަލާމަތްނުވާ ހިސާބަށް ރައީސް ނަޝީދު އަމިއްލަ ފުޅަށް ވަޑައިގަތް ކަމަށެވެ.
އަދި މިއަދުވެސް މި ފެންނަނީ މަޖިލިސް ގަވައިދާ ޚިލާފަށް ކޮމިޓީތައް ހުއްޓުވާ މަޖިލިސް މަސައްކަތް ހުއްޓޭ ހިސާބަށް ގެންގޮސް އަނެއްކާ ވެސް ސަލާމަތްނުވާ ހިސާބަށް ދާތަން ކަމަށް ރެޒެއިނާ ވިދާޅުވެފައި ވެއެވެ.
މިގޮތުން ޗާރޓަށް އަނބުރާ ރުޖޫޢަވުމަށް ރައީސް ނަޝީދަށް ގޮވާލާ ކަމަށް ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބް ރައީސް އީވާގެ އިތުބާރު ނެތް މައްސަލައެއް އެއްފަރާ މަޖިލީހަށް ވައްދައި ވަނީ ކުރިއަށް ނުގެންގޮސް ހުއްޓާލާ މަޖިލިސް މަރުތަޅު އަޅުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް