ރާއްޖޭގެ އެންބޮޑު ޑީމޮކްރަޓިކް މުއައްސަސާ ހައިޖެކް ކުރެވިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.
އިކްރާމް މިހެން ވިދާޅުވީ މަޖިލިސްގެ ނައިބް ރައީސްއާއި ރައީސްގެ އިތުބާރު ނެތް މައްސަލަ ހުށަހެޅިފައިވާ މިހާލަތުގައި މަޖިލީހުގެ ގަވާއިދު އޮތް ގޮތުން މަޖިލިސް ކުރިއަށް ގެންދެވޭނެ ހާލަތެއް ނެތްކަމަށް ޑިމޮކްރެޓްސް އަށް ނިސްބަތްވާ މެންބަރުން ވިދާޅުވަމުންދާ ދަނޑިވަޅެއްގައެވެ.
އެގޮތުން މިކަމަށް އިޝާރަތް ކުރައްވާ އަކްރަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ގަވާއިދު ވެސް އަދި ޤާނޫނު އަސާސީވެސް ހެދިފައި ވަނީ މަޖިލިސް ހިންގަން ކަމަށާއި މަޖިލިސް ހުއްޓުވާފައި ބާއްވަން ނޫން ކަމަށެވެ.
އަދި ޤަވާއިދުގެ ތަންކޮޅެއް ނަގައިގެން މަރުތަޅު އަޅުވަން މަސައްކަތް ކުރުމަކީ އަމިއްލަ އެދުން އިސްކޮށް ޤާނޫނު މުގުރާލުން ކަމަށް އިކްރާމް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ނިސްބަތްކޮށް ރާއްޖޭގެ އެންމެ ބޮޑު ޑިމޮކްރަޓިކް މުއައްސަސާ ހައިޖެކް ކުރެވިގެން ނުވާނެ ކަމަށް އިކްރާމް ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް