ފީލްޑް އެޑްމިނިސްޓްރޭޝަން ދާއިރާއިން 2 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމުގައި ބައިވެރިވުމަށް ރާއްޖޭގެ 40 ސިވިލް ސާވަންޓުން އިންޑިއާއަށް ފުރަން ތައްޔާރުވެއްޖެއެވެ.
މިއީ ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) މޯލްޑިވްސް އާއި ނޭޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް (އެންސީޖީޖީ) އާ ދެމެދު 2019 ވަނަ އަހަރުގެ ޖޫން މަހު ސޮއިކުރި އެމްއޯޔޫގެ ދަށުން ކުރިއަށްގެންދާ ތަމްރީނުތަކެކެވެ.
ސީއެސްސީން ހާމަކުރާ ގޮތުގައި މިއީ މި ތަމްރީނު ތަކުގެ 24 ވަނަ ބެޗެވެ.
މި ބެޗުގައި ހިމެނެނީ މާލޭގެ ވުޒާރާތަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ރަށު އަދި އަތޮޅު ކައުންސިލްފަދަ ރާއްޖޭގެ އެކި މުއައްސަސާތަކުގެ މުވައްޒަފުން ކަމަށް ސީއެސްސީން ހާމަކުރެެއެވެ.
ސީއެސްސީން ބުނީ މި ބެޗް އިންޑިއާ ފުރާނީ މާދަމާގެ ވަގުތެއްގައި ކަމަށާއި މި ބެޗްގެ ތަމްރީނުތައް 12 ގައި ފަށާއިރު، މި މަހުގެ 23 ގެ ނިޔަލަށް ތަމްރީނުތައް ކުރިއަށް ގެންދާނެ ކަމަށެވެ.
މި ތަމްރީނު ތަކުގައި އިންޑިއާ-މޯލްޑިވްސް ރިލޭޝަންޝިޕް، އެޕްރޯޗްސް ފޯ އިންކްލޫސިވް ޑިވެލޮޕްމަންޓް، ޗޭންޖިންގ ޕެރެޑައިމް އޮފް ގަވަރނަންސް، އެތިކަލް ޕާސްޕެކްޓިވް އިން ގަވަރނަންސް، އިނޮވޭޝަން އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޖެންޑާ އެންޑް ޑިވެލޮޕްމަންޓް: ޕޮލިސީސް އެންޑް ޕްރެކްޓިސް، ސެންޓްރަލައިޒްޑް ޕަބްލިކް ގްރީވެންސް ރިޑްރެސަލް އެންޑް މޮނިޓަރިން ސިސްޓަމް، ޕީޕީޕީ ފޯ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް، ޕަބްލިކް ހެލްތު ބިހޭވިއާ ފަދަ މައުޟޫއުތަކާ ބެހޭ ގޮތުން ތަޖުރިބާކާރުންގެ މަޝްވަރާއި ބަހުސްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށް ސީއެސްސީން ހާމަކުރެއެވެ.
މީގެ އިތުރުން އެމްއެސްއެމްއީ އެންޑް އެސްއެމްއީ، ޕަބްލިކް ކޮންޓްރެކްޓްސް އެންޑް ޕޮލިސީސް، ކްލައިމެޓް ޗޭންޖް އެންޑް އިޓްސް އިމްޕެކްޓް އޮން ބަޔޯޑައިވާސިޓީ، ސްކިލް ޑިވެލޮޕްމަންޓް، އިންޑިއާގައި ފަގީރުކަން ނައްތާލުން ފަދަ ތަފާތު މަޝްރޫޢުތަކާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤާނޫނު، އެންޓި ކޮރަޕްޝަން ސްޓްރެޓެޖީސް، ވިޖިލެންސް އެޑްމިނިސްޓްރޭޝަން، އީ-ގަވަރނަންސް އެންޑް ޑިޖިޓަލް އިންޑިއާ، ޑީއިޖިޓަލް ގަވަރނަންސް އެންޑް ޕަބްލިކް ސާވިސް ޑެލިވަރީ، ޓެކްސް އެޑްމިނިސްޓްރޭޝަން އެންޑް ޑިޖިޓަލް ގަވަރނަންސް، ފިންޓެކް އެންޑް އިންކްލޫޝަން،ސްޓްރެސް މެނޭޖްމަންޓް، ސެނިޓޭޝަން އެންޑް ޕަބްލިކް ހެލްތް ބިހޭވިއާ ފަދަ މަޢުލޫތައް ހިމެނޭ ކަމަށް ސީއެސްސީން ހާމަކުރެއެވެ.
މި ތަމްރީނުތަކުގެ ތެރެއިން ރީތި އަދި ދުނިޔޭގެ އަޖައިބުތަކުގެ ތެރޭގައި ހިމެނޭ ތާޖް މަހަލް އަށް ޒިޔާރަތްކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.
ސީއެސްސީން ބުނީ މި ބެޗާއެކު އެމްއޯޔޫގެ ދަށުން ތަމްރީނު ލިބިފައިވާ ތަމްރީނުވެރިންގެ އަދަދު 726 އަށް އަރާ ކަމަށެވެ.
ސީއެސްސީ އާއި އެންސީޖީޖީން އެކުލަވާލާފައިވާ އެއްބަސްވުމުގެ ދަށުން 05 އަހަރުގެ ތެރޭގައި (2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް) 1000 ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނު ކުރުމުގެ އަމާޒަށް ވާސިލްވުމަށް އެންސީޖީޖީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް