ލާމު ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކުލަބް (އެފްއެމްއެސްސީ) އިންތިޒާމުކޮށްގެން ފޮނަދޫގައި ބާއްވާ ޕަސްކުއަލް ފޮނދޫ ޔޫތް ފުޓްސަލް ޗެލެންޖް 2023 ރޭ ފެށިފައިވާއިރު، މިއަދާއި މިރޭވެސް މި މުބާރާތުގެ ފޯރިގަދަ މެޗުތަކެއް ކުޅޭނެއެވެ.
ކުލަގަދަ ރަސްމިއްޔާތަކާއި އެކު މުބާރާތުގެ ކުޅުން ރޭ ފެށިފައިވާއިރު، ރޭގައި މި މުބާރާތުގެ މެޗެއް ވަނީ ކުޅެފައެވެ. އެއީ ގުރޫޕު އޭގައި ހިމެނޭ ރަސްހިންނެ ޑިޓްރޮއިޓްސް އާއި ގޯޅިއަންސް ބައްދަލުކުރި މެޗެވެ. މި މެޗު 1-1 ގެ ނަތީޖާއިން ވީ އެއްވަރެވެ.
މުބާރާތުގެ ގުރޫޕު ސްޓޭޖުގެ ގިނަ މެޗުތަކެއް މިއަދާއި މިރޭ ވެސް ކުޅުމަށް ހަމަޖެހިފައިވާއިރު،
މިއަދު ހަވީރު 4:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ނެވަގިވަޕް އާއި އައުޓްރީފް އެސްސީއެވެ. މިއީ ގުރޫޕު ބީގެ މެޗެކެވެ.
އަދި މިރޭ 8:15 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގޯޅި އެސްސީއާއި ބިގްޝޮޓްސްއެވެ. މިއީ ގުރޫޕު ސީގެ މެޗެކެވެ.
އަދި މިރޭ 9:15 ގައި ކުޅޭ ގުރޫޕު ޑީގެ މެޗުގައި ބައްދަލުކުރާނީ ކަންމަތި އެފްސީ އާއި ބީޖީ ސްޕޯޓްސްއެވެ.
މިރޭގެ ފަހު މެޗުގައި ބައްދަލު ކުރާނީ އަފޭން އަދި ރަސްހިންނެ ޑިޓްރޮއިޓްސްއެވެ. މިއީ ގުރޫޕު އޭގެ މެޗެކެވެ. މި މެޗު ފަށާނީ މިރޭ 10:15 ގައެވެ.
މިއަދާއި މިރޭ ކުޅޭ ހުރިހާ މެޗެއްވެސް ޕަސްކުއަލް ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2023 ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ ކަނޑައަޅާފައިވާއިރު ރަނަރަޕް ޓީމަށް 15000 ރުފިޔާ ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޕަސްކުއަލް މޯލްޑިވްސްއެވެ. އަދި ޕްލެޓިނަމް ސްޕޮންސަރުންގެ ގޮތުގައި، ޝަބުނަމީ ހޯލްޑިންގް، ސިބްކޯ މޯލްޑްިވްސް، ކޮކާ ކޯލާ މޯލްޑިވްސްގެ އިތުރުން ލާމު ފޮނަދޫ ކައުންސިލް އަދި ސޯސަން ފިހާރަ ހިމެނެއެވެ. އަދި މީގެ އިތުރުން ސިލްވަރ ސްޕޮންސަރުންގެ ގޮތުގައި ހިމެނެނީ ބެސްޓްބައި މޯލްޑްިވްސް އަދި ޔޫރޯ ސްޓޯރ އެމްވީއެވެ.
މުބާރާތުގެ ލައިވް ޕާޓްނަރ އަކީ “ލޫޕްކާސްޓް އެމްވީ” އެވެ. އަދި މުބާރާތުގެ އޮފިޝިއަލް މީޑިއާ ޕާޓްނަރ އަކީ “ދުވަސް އޮންލައިން” އެވެ. މުބާރާތުގެ ފޮޓޯ ޕާޓްނަރ އަކީ އިމޭޖަސް އެމްވީއެވެ. ޑިޖިޓަލް ޕާޓްނަރ އަކީ ދިރާގެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް