ކުލަގަދަ ރަސްމިއްޔާތަކަށް ފަހު ޕަސްކުއަލް ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2023 ރޭ ފަށައިފި

ލާމު ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން ބާއްވާ "ޕަސްކުއަލް ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖު 2023" ރޭ ފަށައިފިއެވެ. ކުލަގަދަ ރަސްމިޔާތަކާއި އެކު މުބާރާތް ރޭ ފެށިގެން ދިޔައިރު، މި މުބާރ...

09 Jun 2023 | 06:50

ލާމު ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން ބާއްވާ "ޕަސްކުއަލް ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖު 2023" ރޭ ފަށައިފިއެވެ.

ކުލަގަދަ ރަސްމިޔާތަކާއި އެކު މުބާރާތް ރޭ ފެށިގެން ދިޔައިރު، މި މުބާރާތަކީ ހަތަރު ގުރޫޕަކަށް ބަހާލައިގެން ޖުމްލަ 15 ޓީމު ބައިވެރިވެގެން ކުރިޔައްދާ މުބާރާތެކެވެ.

ރޭ ފޮނަދޫ ރަސްމީ ފުޓްސަލް ގްރައުންޑުގައި ފެށި މި މުބާރާތް ހުޅުވިގެން ދިޔައީ ރަސްހިންނެ ޑިޓްރޮއިޓްސް އަދި ގޯޅިއަންސްގެ ކުރިމަތިލުމުންނެވެ. މިއީ ގުުރޫޕު އޭގެ މެޗެކެވެ.

ރަސްހިންނެ ޑިޓްރޮއިޓްސް އަދި ގޯޅިއަންސް ބައްދަލުކުރި މި މެޗު 1-1 ގެ ނަތީޖާއިން ވަނީ އެއްވަރުވެފައެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ހޯދީ ރަސްހިންނެ ޑިޓްރޮއިޓްސް އިންނެވެ. އެޓީމުގެ އަލީ ޝާމް ލަނޑުުޖަހާ ލީޑު ނަގައިދީފައި ވަނިކޮށް ގޯޅިއަންސް އިން ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ އެންމެ ފަހުވަގުތުގައެވެ.

ދެ ޓީމުވެސް އެއްވަރުވެގެން މެޗު ނިމުނުއިރު، މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ރަސްހިންނެ ޑިޓްރޮއިޓްސް ގެ އަލީ ޝާމް އެވެ.

މި މުބާރާތުގެ އިތުރު މެޗެއް ރޭގައި ކުޅެފައެއް ނުވެއެވެ. މި މުބާރާތުގެ މެޗުތައް ދެން ކުޅޭނީ މިއަދާއި މިރޭގައެވެ. ހަތަރު މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، މިއަދު ހަވީރު 4:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ނެވަގިވަޕް އާއި އައުޓްރީފް އެސްސީއެވެ. އަދި މިރޭ 8:15 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގޯޅި އެސްސީއާއި ބިގްޝޮޓްސްއެވެ. އަދި މިރޭ 9:15 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކަންމަތި އެފްސީ އާއި ބީޖީ ސްޕޯޓްސްއެވެ. މިރޭގެ ފަހު މެޗުގައި 10:15 ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ އަފޭން އަދި ރަސްހިންނެ ޑިޓްރޮއިޓްސްއެވެ. މި ހުރިހާ މެޗެއްވެސް ޕަސްކުއަލް ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2023 ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

މި މުބާރާތުގެ ޓައިޓްލް ސްޕޮންޝަރަކީ ޕާސްކަލްއެވެ. އަދި މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްރަކީ ދުވަސް ނޫހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް