ތިން އަހަރުގެ ތެރޭގައި އުފުލެމުންދިތަ ތެލުގެ އަގު އެސްޓީއޯއިން ތިން ފަހަރަށް ހެޔޮކޮށްފި

2020 ވަނަ އަހަރުން ފެށިގެން އުފުލެމުން އަންނަ ތެލުގެ އަގު އެސްޓީއޯއިން ތިންވަނަ ފަހަރަށް ދަށް ކޮށްފިއެވެ. އެގޮތުން އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކަމުން އަންނަ ޕެޓްރޯލްގެ އަގުން ލީޓަރަކުން 41 ލާރ...

09 Jun 2023 | 06:39

2020 ވަނަ އަހަރުން ފެށިގެން އުފުލެމުން އަންނަ ތެލުގެ އަގު އެސްޓީއޯއިން ތިންވަނަ ފަހަރަށް ދަށް ކޮށްފިއެވެ.

އެގޮތުން އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކަމުން އަންނަ ޕެޓްރޯލްގެ އަގުން ލީޓަރަކުން 41 ލާރި އަދި ޑީސަލްގެ އަގު ލީޓަރަކުން 63 ލާރި މިއަދުން ފެށިގެން ހެޔޮކޮށްފައެވެ.

މި ބަދަލާއެކު މިހާރު ޕެޓްރޯލް ލީޓަރެއް 14 ރުފިޔާ 73 ލާރިއަށް އަދި ޑީސަލް ލީޓަރެއް 15 ރުފިޔާ 07 ލާރިއަށް ލިބޭނެއެވެ.

21 މާރިޗް 2020 އިން ފެށިގެން އުފުލެމުންއަންނަ ތެލުގެ އަގު އެސްޓީއޯއިން ޖެހިޖެހިގެން ދަށްކުރި މިއީ ތިންވަނަ ފަހަރެވެ.

21 މާރިޗްގައި 2020ގައި ޕެޓްރޯލް ލީޓަރެއް ވިއްކަމުންދިޔައީ 8 ރުފިޔާ 7 ލާރީގެ މަގުންނެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުންދިޔައީ 8 ރުފިޔާ 71 ލާރީގެ މަގުންނެވެ.

އޭގެ ފަހުން ނުވަ ފަހަރެއްގެމަތިން އަގު ބޮޑުވެ ޕެޓްރޯލް ލީޓަރެއްގެ އަގު 16 ރުފިޔާ 55 ލާރިއަށް އަދި ޑީސަލް ލީޓަރެއްގެ އަގު 16 ރުފިޔާ 77 ލާރިއަށް އެރިއެވެ. 2020 މާރިޗުން 24 ޖޫން 2022 އަށް ޕެޓްރޯލާއި ޑީސަލްގެ އަގު  އިތުރު 100 އިންސައްތަ މައްޗަށް ގޮސްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް