ފަރެސްމާތޮޑާ އެއާޕޯޓު މަޝްރޫއުގެ ދެބައިކުޅަ އެއްބައި މަސައްކަތް ނިންމައިފި

ގދ. ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދެބައިކުޅަ އެއްބައި މަސައްކަތް ނިންމައިފި އެވެ. މި މަޝްރޫއު ކުރިޔަށް ގެންދާ އެމްޓީސީސީން ބުނީ މުޅި އެއާޕޯޓުގެ 55 ޕަސެންޓް މަސައްކަތް ނިމިފައިވާ ކ...

09 Jun 2022 | 18:03

ގދ. ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދެބައިކުޅަ އެއްބައި މަސައްކަތް ނިންމައިފި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދާ އެމްޓީސީސީން ބުނީ މުޅި އެއާޕޯޓުގެ 55 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.

މިމަޝްރޫއުގެ ދަށުން ފަޔާ ބިލްޑިންގް މަސައްކަތުގެ 87 ޕަސެންޓާއި ރަންވޭ މަސައްކަތުގެ 70 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަންއެއް އަޅާނެ އެވެ. އަދި ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ޤާއިމުކުރުމާއި، ފަޔަރ ބިލްޑިންގ އެއް އިމާރާތް ކުރުމާއި، ޓާރމިނަލް ބިލްޑިންގ އެއް އިމާރާތް ކުރުމުގެ މަސައްކަތް ހިމެނޭ.

މިއީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް