އެމްޕީއެލްގައި ވަޒީފާގެ ގިނަ ފުރުސަތުތަކެއް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލައިފިއެވެ. ހުޅުވާލާފައިވަނީ ސެކިއުރިޓީ އެސިސްޓެންޓުންނާއި ސެކިއުރިޓީ އޮފިސަރުންނާއި އެސިސްޓެންޓް އޮޕަރޭޓަރުންނާއި ދޯނި ކްރޫއ...

09 Jun 2022 | 11:12

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.

ހުޅުވާލާފައިވަނީ ސެކިއުރިޓީ އެސިސްޓެންޓުންނާއި ސެކިއުރިޓީ އޮފިސަރުންނާއި އެސިސްޓެންޓް އޮޕަރޭޓަރުންނާއި ދޯނި ކްރޫއަކާއި ދޯނި ޑްރައިވަރަކާއި އެސިސްޓަންޓް އިލެކްޓްރިޝަނުންނާއި މެކޭނިކުންގެ އިތުރުން އެސިސްޓެންޓް ސާވިސް އިންޖިނޭރަކު ހޯދުމަށެވެ.

އެގޮތުން ސެކިއުރިޓީ އެސިސްޓެންޓުންގެ މަގާމަށް 16 މީހަކު ހޯދުމަށް އިއުލާނުކޮށްފައިވާއިރު އެސިސްޓެންޓް ސެކިއުރިޓީ އޮފިސަރުންގެ މަގާމަށް 10 މީހަކު ހޯދަން އިއުލާނުކޮށްފައިވެއެވެ. އެެސިސްޓެންޓް އޮޕަރޭޓަރުންގެ ގޮތުގައިވެސް 10 މީހަކު ހޯދަން އިއުލާނުކޮށްފައިވެއެވެ.

މީގެ އިތުރުން ދޯނި ކްރޫއަކާއި ދޯނި ޑްރައިވަރެއްގެ އިތުރުން އެސިސްޓަންޓް އިލެކްޓްރިޝަންގެ މަގާމަށް ދެމީހަކާއި މެކޭނިކްގެ މަގާމަށް ދެމީހެއްގެ އިތުރުން އެސިސްޓަންޓް ސާވިސް އިންޖިނޭރަކު ހޯދަން އިއުލާނުކޮށްފައިވެއެވެ.

މި މަގާމުތަކުގެ އެވްރެޖް އަސާސީ މުސާރަ 5000 ގައި އުޅޭއިރު އެލަވަންސްގެ ގޮތުގައި އެވްރެޖްކޮށް 8000 އާއި 12 ހާހާއި ދެމެދުގެ އެލަވަންސް އެއް ލިބެއެވެ.

މި ވަޒީފާތަކާއި ބެހޭ އިތުރު މައުލޫމާތު އެމްޕީއެލްއިން ގެޒެޓްކޮށްފައިވާއިރު ގެޒެޓްގެ މި ލިންކުން މިކަމާއި ގުޅޭ އިއުލާނުތައް ބަލައިލެވޭނެއެވެ.

ގެޒެޓް ލިންކް

ވަޒީފާގެ މި ފުރުސަތުތަކާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން އެމްޕީއެލްގެ ތަރުޖަމާނު، ދާނިޝް ނިޒާމް ވިދާޅުވީ އެ ކުންފުނީގެ އުންމީދަކީ ވީހާވެސް ގިނަ ބޭފުޅުން މި ފުރުސަތުގެ ބޭނުން ހިފައި، އެމްޕީއެލްއާއި ގުޅުން ކަމަށާއި މުވައްޒިފުންނަށް ތަމްރީނުގެ އެކި ފުރުސަތުތައް އެ ކުންފުނިން ފަހި ކޮށްދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް