އެތެރެހަށީގައި ރައްކާކޮށްގެން އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނު މީހަކު ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން ބުނީ އެ މީހާ ހައްޔަރުކުރީ މިދިޔަ މަހު 30 ގައި ކަމަށެވެ. އޭނާ އަތުން އަތުލައިގަތީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއެވެ.
އެއީ ސްރީ ލަންކަން އެއާލައިންސުން ރާއްޖެ އައި މީހެކެވެ.
ކަސްޓަމްސްއިން ބުނީ އޭނާ އެތެރެހަށިން 80 ބުލެޓް ނަގާފައިވެ އެވެ.
އެ މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު 852 ގްރާމް ހުރި ކަމަށާއި އެ ތަކެތީގެ މަގުމަތީ އަގު އެއް މިލިއަން ރުފިޔާ އަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ ތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
ކަސްޓަމްސް އިން ބުނީ، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތް ހަރުދަނާކުރުން ފުޅާކުރުމަށް، ސްޕެޝަލް އޮޕަރޭޝަންސްގެ ޓެކްޓިކަލް ޓީމެއް މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ތައާރަފުކޮށް މާލެ އާއި ރަށްރަށުގެ ކަސްޓަމަސްގެ އިދާރާތަކުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް