އިދިކޮޅު ޕީޕީއެމްެގ ދަފްތަރުން5،000 މީހުން ވަގަށް ނަގާފައިވާ ކަމަށް އެ ޕާޓީއަށް ނިސްބަތްވާ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ އޮޅުވާލައިގެން އެންމެ ގިނަ މީހުން ވައްދާފައިވަނީ ޕީޕީއެމްއަށް ކަމަށް އިލެކްޝަން ކޮމިޝަނުގެ ހިސާބުތަކުން ދެއްކުމުންނެވެ. އީސީން ބުނީ2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޕީޕީއެމްއަށް391 މީހުން ވައްދާފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންގެވުމަށް އެ ޕާޓީގެ ފަސް ހާސް މީހހުންނަށް އޮޅުވާލައިގެން ސަރުކާރު ކޯލިޝަންތަކަށް ވައްދާފައިވާ ކަމަށެވެ. އީސީން ލިސްޓެއް އާންމު ކޮށްފައި މިވަނީ އެ ވާހަކަ ދެއްކުން އިދިކޮޅުން ހުއްޓާ ނުލުމަށް ރައީސްގެ އެންގެވުމަށް ކަމަށެވެ.
އޭނާ ވަނީ އީސީން އާންމު ކުރި391 މީހުންގެ ލިސްޓު ހޯދަން ވަރަށް އަވަހަށް އެދޭނެ ކަމަށް ވިދާޅުވެފައި އެވެ. އަދި އެ ލިސްޓު ހާމަކުރަން ކެރޭނެތޯ ސުވާލު ކުރައްވާފައިވެ އެވެ.
އިތުރަށް ވިދާޅުވީ އޮޅުވާލައިގެން އެއްވެސް ބަޔަކު ޕީޕީއެމްއަށް ވައްދާފައި ނުވާނެކަން ސާބިތު ކޮށްދޭނެ ކަމަށެވެ. އަދި ވަގަށް މީހަކު ޕާޓީއަށް ވައްދާފައިވާނަމަ އެކަން ހާމަ ކުރަން ކެރޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް