މަހިމާއަށް ކެންސަރު ޖެހިފައި، އެކަމަކު ވިގެއް ޖަހައިގެން ފިލްމު ކުޅެވޭވަރުވޭ!

ބޮލީވުޑްގައި ކުރިން ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ މަހިމާ ޗައުދްރީ އަށް އުރަމަތީގެ ކެންސަރު ޖެހިފައިވާކަން ހާމަކޮށްފި އެވެ. އެކަން ހާމަ ކުރީ ކާމިޔާބު އެކްޓަރު އަނޫޕަމް ހޭރްއެވެ. އޭނާ އިންސްޓަގްރާމްގ...

09 Jun 2022 | 09:26

ބޮލީވުޑްގައި ކުރިން ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ މަހިމާ ޗައުދްރީ އަށް އުރަމަތީގެ ކެންސަރު ޖެހިފައިވާކަން ހާމަކޮށްފި އެވެ.

އެކަން ހާމަ ކުރީ ކާމިޔާބު އެކްޓަރު އަނޫޕަމް ހޭރްއެވެ. އޭނާ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯގައި ފެންނަނީ މަހިމާ ގޮނޑިއެއްގައި އިށީނދެލައިގެން އިންނަ ތަނެވެ.

ދެ ތަރިން ބައްދަލުވުމުން މަހިމާގެ ހާލަތާއި ގުޅޭގޮތުން އޭނާ ވާހަކަ ދައްކަ އެވެ. އޭގައި ބުނީ އަނޫޕަމަށް އޭނާއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ މީގެ މަހެއްހާ ދުވަސް ކުރިން ފިލްމެއްގެ ބައެއް ކުޅުވިދާނެތޯ ބަލަން ގުޅުމުން ކަމަށެވެ.

އެދުވަހު އޭނާގެ ހާލަތު ކިޔައިދީފައިވާނެ ކަމަށާއި އަދި ވިގެއް ޖަހައިގެން އެ ފިލްމު ކުޅުމުގެ ފުރުސަތު ލިބޭ ނަމަ އެކަމަށް ތައްޔާރު ކަމަށް މަހިބާ ބުނެފައިވެ އެވެ. މަހިމާ ބުނީ އޭނާ ދަނީ ބަރާބަރަށް ކެންސަރަށް ފަރުވާ ހޯދަމުން ކަމަށާއި ބޮލުން އިސްތަށި ފޭބުން ފިޔަވާ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އައިބެއް ނުވަތަ ބަލީގެ ނިޝާނެއް ނުފެންނާނެ ކަމަށެވެ.

އަދި ބުރަ މަސައްކަތް ކޮށްލައި އުޅޭވަރަށް އޭނާގެ ސިއްހީ ހާލަތު ތަންދޭ ކަމަށް މަހިމާ ބުންޏެވެ. އޭނާ ބުނީ މީގެ ކުރިން ވެބް ސީރީޒް ތަކާއި ބައެއް ފިލްމުތަކުގެ ސައިޑް ރޯލްތަކުން ހުށަހެޅުންތައް ލިބުނު ނަމަވެސް ވިގު ޖަހައިގެން ކުޅުމުގެ ފުރުސަތު ނެތުމުން ބާކީވަނީ ކަމަށެވެ.

އަނޫޕަމް ވަނީ އޭނާގެ ފިލްމުގައި ވިގު ޖަހައިގެން މަސައްކަތް ކުރުމުގެ ފުރުސަތު މަހިމާއަށް ދީފަ އެވެ. އެ ފިލްމަކީ "ދި ސިގްނޭޗާ" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް