ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން ކުއްޖަކު މަރުވިކަމަށް ބުނާ މައްސަލައެއް!

ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން ކުއްޖަކު މަރުވި ކަމަށް ބުނާ މާއްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެ އެވެ. މި މައްސަލަ ފެންމަތި ކުރީ ފޭސްބުކްގައި މީހަކު ކޮށްފައިވާ ޕޯސްޓަކުންނެވެ. އެ ޕޯސްޓުގައި ބ...

09 Jun 2022 | 08:42

ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން ކުއްޖަކު މަރުވި ކަމަށް ބުނާ މާއްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެ އެވެ.

މި މައްސަލަ ފެންމަތި ކުރީ ފޭސްބުކްގައި މީހަކު ކޮށްފައިވާ ޕޯސްޓަކުންނެވެ. އެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި އެއީ ކުއްޖާގެ މަންމަ އެވެ.

އެމީހާ ބުނީ އޭނާގެ ބަނޑަށް ދަރިފުޅު މަރުވީ ފުވައްމުލަކު ހޮސްޕިޓަލަށް މިމަހުގެ ހަތްވަނަ ދުވަހު ދެއްކުމުން ޑޮކްޓަރުންނާއި ސިއްހީ އެހީތެރިންގެ ފަރުވާކުޑަކަމުންނާއި އިހްމާލުން ކަމަށެވެ.

މިމައްސަލަ އާއި ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލުން މީޑިއާގައި ބުނީ ހާދިސާގެ މައުލޫމާތު އެނގުނީ އަންހެން މީހާ ފޭސްބުކްގައި އެ ވާހަކަތައް ހިއްސާކުރުމުން ކަމަށެވެ. ކަން ހިނގާފައިވާ ގޮތް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފައިވެ އެވެ.

އެ ހޮސްޕިޓަލުގައި މިފަދަ ހާދިސާތައް ދަނީ އިތުރުވަމުންނެވެ. މިދިޔަ އަހަރު އޮކްޓޯބަރު މަހު އުމުރުން ހަ އަހަރުގެ ކުއްޖަކުވެސް އެ ހޮސްޕިޓަލުގެ އިހުމާލުން މަރުވެފައިވެ އެވެ.

މި މައްސަލަ އެޗްއާރުސީއެމާއި ހެލްތް މިނިސްޓްރީން ތަހުގީގު ކުރުމަށް ފަހު ނިންމާފައިވަނީ އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން އިހުމާލުވެފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް