އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަ ކުރައްވާނަމަ ވަރަށް ފަސޭހައިން ބަލިކޮށްލެވޭނެ ކަމަށް އިދިކޮޅު ޕީޕީއެމްއިން ބުނެފި އެވެ.
ރައީސް ސޯލިހު އިއްޔެ ވިދާޅުވީ ދެވަނަ ދައުރަކަށް ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރެވޭނީ ކޯލިޝަނެއްގެ ތެރެއިން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެ ވާހަކަފުޅާއި ގުޅިގެން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ އިދިކޮޅުގެ ކެންޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ރައީސް ސޯލިހު ވަރަށް ފަސޭހައިން ބަލި ކޮށްލެވޭނެ ބޭފުޅެއް ކަމަށެވެ. އޭނާ ވިދާޅުވީ ޔާމީނަކީ އުންމީދީ ކެންޑިޑޭޓެއް ކަމަށެވެ.
ފަސޭހައިން ބަލިކޮށްލެވޭނެ ސަބަބުތަކުގެ ގޮތުގައި ވިދާޅުވީ ސަރުކާރު ސްލޯވުމާއި ކޮރަޕްޝަން ގިނަވުމާއި މަރުތަކަށް އިންސާފު ނުލިބުމާއި މަތިބަރު ސަރުކާރެއް އޮތުމާ އެކު ވެސް ހިދުމަތް ނުލިބޭތީ ކަމަށެވެ. މިކަންކަމާއި އަޅާ ކިޔާއިރު ރައީސް ޔާމީން އަކީ ތަރައްގީގެ ބްރޭންޑެއް ކަމަށް އާދަމް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް