އެންމެ ގިނަ މީހުން އޮޅުވާލައިގެން ވައްދާފައިވަނީ އިދިކޮޅު ޕީޕީއެމްއަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އީސީން އާންމު ކުރި މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް1،208 މީހަކު ޝަކުވާ ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ޝަކުވާ ހުށަހަޅާފައިވަނީ މިއަހަރާއި2019 ވަނަ އަހަރު އެވެ.
އީސީގެ ތަފާސް ހިސާޞު ދައްކާގޮތުން އެންމެ ގިނަ މީހުން އޮޅުވާލައިގެން ވެއްދި ޕިޕީއެމްއަށް މިދިޔަ ތިން އަހަރު391 މީހަކު އޮޅުވާލައިގެން ރެޖިސްޓްރީކޮށްފައިވެ އެވެ. އެމްޑީޕީގައި ރަޖިސްޓާ އޮވެގެން 213 މީހުން ޝަކުވާ ހުށަހަޅާފައިވާ އިރު މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި ނަން އޮވެގެން 145 މީހަކު ވަނީ ޝަކުވާކޮށްފަ އެވެ.
އެހެން ޕާޓީތަކަށް ބަލާއިރު ޖުމްހޫރީ ޕާޓީއަށް 144 މީހުން، އެމްޑީއޭއަށް 74 މީހުން ވައްދާފައިވެ އެވެ. އަދާލަތު ޕާޓީއަށް 66 މީހުން، އެމްޓީޑީއަށް 63 މީހުން ވައްދާފައިވެ އެވެ.
އީސީން ބުނީ ލިބިފައިވާ ޝަކުވާތަކަށް ބަލާއިރު އެމްއެންޕީއަށް 57 މީހުން، އެމްއާރްއެމްއަށް 30 ޑީއާރްޕީއަށް 13 މީހުން އަދި ޕީއެންސީއަށް 12 މީހުން އޮޅުވާލައިގެން ވައްދާފައިވެ އެވެ.
އީސީގެ މި މައުލޫމާތުތަކަކީ އެ ކޮމިޝަނަށް އާންމުންކޮށްފައިވާ ޝަކުވާތަކާއި ގުޅޭ ހިސާބުތަކެވެ.
މިފަހުން ގިނަ އަދަދެއްގެ އާންމުން ދަނީ އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް ވައްދާފައިވާ ކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ. އެކަމަކު އެ ހުރިހާ ފަރާތްތަކުން އީސީއަށް މައްސަލަ ހުށަހަޅާފައި ނުވުމަކީ އެކަށީގެންވާ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް