އަތޮޅު ތެރޭގެ ސިއްހީ ހިދުމަތްދޭ ހަތަރު ތަނަކަށް ބޭނުންވާ ފަރުނީޗަރު ހޯދަން ބަޔަކާއި ހަވާލުކޮށްފި އެވެ.
ފަރުނީޗަރު ހޯދަން ހަވާޅު ކުރީ ބްރިލިއަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އެވެ.
އެ ކުންފުންޏާއި ހަވާލު ކުރީ ހއ. ބާރަށް، ފިއްލަދޫ، އަދި ތ. ވިލުފުށީ ސިއްހީ މަރުކަޒާއި ނ. މަނަދޫ ހޮސްޕިޓަލަަށް ބޭނުންވާ ފަރުނީޗަރު ހޯދާށެވެ. ހެލްތް މިނިސްޓްރީން ބުނީ މި ފަރުނީޗަރަކީ އެ ތަންތަނުގެ އިމާރާތަށް އިތުރު ކުރި ބަޔަށް ބޭނުންވާ ސާމާނެވެ.
އެ ކުންފުނިން މި މަސައްކަތަށް ހުށަހަޅާފައިވަނީ6.9 މިލިއަން ރުފިޔާ އެވެ.
މި މަސައްކަތް ނިންމަން ޖެހެނީ58 ދުވަސް ތެރޭގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް