ކައިވެނީގައި މެހެމާނުންނަށް ކާއެއްޗެއް ނުދީ، ފަހުން ދެމަފިރިން ދެއްކި ބަޔަކު މޮޔަވާވަރު ވާހަކައެއް!

އިންޑިއާއަކީ ކޮންމެ ދުވަހަކު ތަފާތު އެތައް ކަމެއް ހިނގާ ގައުމެކެވެ. ވަރަށް ބުއްދިވެރިން ކަންތަކުން ފެށިގެން މޮޔަކަންތައްތައް ވެސް އިންޑިއާ މީހުން ކުރެ އެވެ. މިފަދަ ކޮންމެ ކަމެއް ކުރިޔަސް އެމީހުން ކުރަ...

09 Jun 2022 | 04:41

އިންޑިއާއަކީ ކޮންމެ ދުވަހަކު ތަފާތު އެތައް ކަމެއް ހިނގާ ގައުމެކެވެ.

ވަރަށް ބުއްދިވެރިން ކަންތަކުން ފެށިގެން މޮޔަކަންތައްތައް ވެސް އިންޑިއާ މީހުން ކުރެ އެވެ. މިފަދަ ކޮންމެ ކަމެއް ކުރިޔަސް އެމީހުން ކުރަނީ ވަރަށް ގަޔާވެގެން މީހުންގެ ސަމާލުކަން ލިބޭގޮތަށެވެ.

މިފަހަރުވެސް ހިނގައިގެން މިއުޅެނީ ހަމަ އެފަދަ ކަމެކެވެ.

އުމުރުން 28 އަހަރުގެ އަންހެނަކައި 30 އަހަރުގެ ފިރިހެނަކު ކައިވެނި ކުރީ ލޯބިން ދެ އާއިލާގެ ރުހުމުގައި އެވެ. ދެމީހުން އަތުގައި މާގިނަ ފައިސާ ނެތުމުން ކައިވެނީގެ ހުރިހާ ކަމެއް ހަމަޖެއްސީ މައިންބަފައިންނެވެ.

ދެމީހުންގެ ހެދުމުން ފެށިިގެން މޭކަޕާއި، ކައިވެނި ހަފްލާ ބާއްވާ ތަނާއި ކައެއްޗިއްހީގެ އިންތިޒާމް ހަމަޖެއްސީ ދެފަރާތު މައިންބަފައިން ކަމަށް އަންހެން މީހާ މީޑިއާގައި ބުނެފައިވެ އެވެ. އެކަމަކު އެކަމަށްވުރެ ބޮޑަށް ސަމާލުކަން ލިބިގެން މިއުޅެނީ ހުރިހާ އިންތިޒާމެއް ހަމަޖެއްސިކަމަށް ބުނި އިރު އެ ހަފްލާގައި ކާއެއްޗެހި ނެތް މައްސަލައަށެވެ.

ކައިވެނި ހަފްލާ ބޭއްވިތާ މަހެއް ވީފަހުން އަންހެނަކު ވަނީ އޭނާއަށް ބޮޑުދައިތަ ކިޔާ 28 އަހަރުގެ އަންހެން މީހާގެ ކައިވެނީގައި ކާއެެއްޗެއް ނެތް ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ. އަދި އެމީހުން މެހެމާނުންނަށް ކާއެއްޗެއް ނުދޭން ނިންމައިގެން ތިބި އިރު މީހުންނަށް ދައުވަތު ދިނީ ކީއްވެތޯ އަހާފައިވެ އެވެ.

މި ވާހަކަތަކާއި ގުޅިގެން ކައިވެނި ކުރި ދެމަފިރިން ސޯޝަލް މީޑިއާގައި ބުނީ ކައިވެނި ހަފްލާގައި މެހެމާނުންނަށް ކާއެއްޗެހި ދިނުމަށް ވުރެ އެމީހުންނަށް މުހިންމު ކަމެއް ދިމާވީ ކަމަށެވެ. އެ ދެމަފިރިން ބުނީ އާއިލާއަތުގައި އިތުރު ފައިސާ ނެތުމުން އެ ދެމީހުންގެ ހިތްހަމަ ޖެހުމަށް ކެއުމަށް ހަރަދު ކުރަން ހުރި ފައިސާ އެހެން ކަމަކަށް ހަރަދު ކުރީ އެވެ.

މެހެމާނުންނަށް ކާން ދިނުމަށްވުރެ އެދެމަފިރިންނަށް މުހިންމުވީ ޑިޒްނީ ލޭންޑުން މިކީ މައުސް އަކާއި މިނީ މައުސްއެއް އެ ހަފްލާގައި ބައިވެރި ކުރުމަށް އިންޑިއާއަށް ގެންދިއުމެވެ. ދެމަފިރިން ބުނީ އެ ދެމީހުންނަކީ ޑިޒްނީގެ "ކްރޭޒީ" ފޭނުން ކަމަށެވެ.

ކާޓޫން ކެރެކްޓާގެ ހެދުމެއް ފަހާލައި މީހަކު އެ ހެދުން ލައްވާލެވެން އޮތް މި ޒަމާނުގައި އެ ދެމަފިރިން ބޭނުންވީ ހުވަފެން ހަގީގަތަކަށް ހެދުމަށް ސީދާ ޑިޒްނީލޭންޑުން މިކީ މައުސް އަކާއި މިނީ މައުސްއެއް ގެންދާށެވެ.

އެމީހުން ބުނީ އެ ހަފްލާއަށް ދިޔަ މީހުން ކައިރީ ކާން ބޭނުން ނަމަ ހަފްލާ ބޭއްވި ހޮޓަލުގެ އެހެން ރެސްޓަކަށް ގޮސް އަމިއްލަ ހަރަދުގައި ކެއުމުގެ ފުރުސަތު އޮތް ކަމަށް ބުނެފައިވާނެ ކަމަށެވެ. އަދި ހޮޓެލްގައި ވެންޑިން މެޝިން ހުރުމުން އެތަނުން ބޭނުން އެއްޗެއް ގަނެގެން ބޯން ވީކަމަށްވެސް ބުނެފައިވާނެ ކަމަށް ބުންޏެވެ.

މިކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ އެ ދެމަފިރިންނަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް