ތިން ފޫޓް ދުރުގައި ހުންނަން އެހެންމީހަކަށް ހަނދާން ކޮށްލަދީގެން ވެސް ކޮވިޑުން އަރައިގަންނަން މަގުފަހިވެދާނެއެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމަށް ކުރެވެން ހުރި ކަންތައްތައް އަމިއްލައަށް ކުރުމަށްފަހު، އެކަން އެހެންމީހުންނަށް ވެސް ހަނދާންކޮށްދީގެން، އެކުގައި މިކަމުން އަރައިގަންނަން މަސައްކަތް ކުރަން ޖެހެއެވެ. ދިވެހިންނަކީ އެއްބައިވަންތަކަމާއެކު ނުހަނު ގިނަ އަޑިގުޑަންތަކުން އަރައިގަންނަ ބައެކެވެ.
ކޮވިޑުން އަރައިގަތުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން އިލްތިމާސް ކޮށްފައިވާ ކަންތައްތައް ކަމުގައިވާ، ވެކްސިން ޖެހުމާއި، ރަނގަޅަށް މާސްކް އެޅުން އަދި ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން ފަދަ ކަންކަމަކީ ވީ ވަރަކުން އެކަންކަން ކުރުމަށް ގާތް މީހުނަށްވެސް ހަނދާން ކޮށްލަދޭންވީ ކަމެކެވެ.
ބޭރަށް ނުކުންނަ އިރު ކަންފަސޭހަ ކޮށްލުމުގެ ބަދަލުގައި، ރަނގަޅަށް އަނގަޔާއި ނޭފަތް ފޮރުވޭގޮތަށް މާސްކް އަޅައި، އެހެން މީހުނާ ދިމާވާނަމަ، މަދުވެގެން ތިން ފޫޓް ދުރުގައި އުޅެން ހަނދުމަކުރަން އަދި ހަނދުމަކޮށްދޭން ވާނެއެވެ. ކޮވިޑުން އަރައިގަނެވޭނީ އޭރުންނެވެ.
އެޗްޕީއޭއިން ބުނާ ގޮތުގައި، ގެއިން ބޭރުގައި ހޭދަކުރާ ވަގުތު ތަކުގައި އަބަދުވެސް މާސްކު އަޅާ، އެހެން މީހުންނާ ގައިދުރުކަން ބަހައްޓާނަމަ ކޮވިޑް-19 ވައިރަސް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. އަމުދުން މި ވަގުތަކީ ކޮވިޑްގެ ނަންބަރުތައް ދަށަށް ދާން ހިފާފައިވާ ގަތުތަކަށް ވާއިރު، އަދަދުތައް ބޮޑުތަނުން ތިރިކުރުމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާނެއެވެ.
ސައިބޯނި ލައިގެން އަތް ދޮވުމަކީ ކޮވިޑް-19 ނޫނަސް އެތައް ބައިވަރު ބަލިތަކަކުން ރައްކާތެރި ކޮށްދޭ ކަމެއް ކަމަށާއި، ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮންނަން އާދަކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް