އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން އެރަށު ކައުންސިލްގެ އިދާރާއިން މަޝްރަވާކުރަން ނިންމާފައި ވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި އައްޑޫ ސިޓީގެ ކައުންސިލް ބައްދަލުވުމުގައި ނިޒާރު ފާހަގަކުރެއްވި ގޮތުގައި، އައްޑޫ ސިޓީގައި ވަނީ ވަރަށް ބޮޑަށް ކޮވިޑް ކޮންޓްރޯލް ކުރެވިފައެވެ. އެހެންކަމުން ލުއި ދިނުމާމެދު މަޝްވަރާ ކުރާނެ ކަމަށް ނިޒާރު ފާހަގަކުރެއްވިއެވެ.
އައްޑޫގައި ކޮވިޑް ކޮށްޓްރޯލް ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި ވެއެވެ. އޭގެ ތެރޭގައި އައްޑޫގައި ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ކާފިއު ހިންގަންމުން ދެއެވެ.
އައްޑޫގައި ކާފިއު ވަގުތަށް ބަދަލު ގެނެސްފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ.
ލާމު ގަމާއި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ކާފިއު ހިންގާ ވަގުތު ހަވީރު ހަތަރަކުން، ފަތިހުގެ ހަތަރަކަށް ބަދަލުކުރަން ނިންމާފައިވާކަން ހާމަކޮށްފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވާފައިވާ އެންގެވުމެއްގައެވެ.
އައްޑޫގައި ކޮވިޑަށް ފަރުވާ ކުރަމުންދާ 78 މީހުން މިވަގުތު އެބަ ތިއްބެވެ. އަދި 238 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފައެވެ. މީގެ އިތުރުން، ކޮވިޑް ފެސިލިޓީގައި އެކަކަށް ފަރުވާ ދެމުންދާއިރު، މި ބަލީގައި އައްޑޫއިން ދެ މީހަކު ނިޔާވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް