މާލެއި ސަރަހައްދުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ދަށްވެ، ރާއްޖެއިން މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 341 އަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާ ގޮތުގައި، މިއަދު މާލެ ސަރައްދުން ފައްސިވެފައި ވަނީ160 މީހުންނެވެ. އިއްޔެ މި އަދަދު އުޅެނީ217 ގައެވެ. އަދި މި މަހުގެ7 ވަނަ ދުވަހު މާލެ ސަރަހައްދުން 271 މީހުން ފައްސިވެފައި ވާއިރު، މި މަހުގެ ހަވަނަ ދުވަހު މާލެ ސަރަހައްދުން ފައސިވެފައި ވަނީ239 މީހުންނެވެ.
މި މަސް ފެށުނުފަހުން މާލެ ސަރަހައްދުން ފައްސިވި މީހުންގެ އަދަދު200 އަށްވުރެ ދަށްވި މިއީ ފުރަތަމަ ދުވަހެވެ.
މިއަދު ރާއްޖެއިން ކޮވިޑަށް ފައްސިވި341 މީހުންގެ ތެރެއިން އަތޮޅުތެރެއިން ފައްސިވެފައި ވަނީ153 މީހުންނެވެ. އަދި ރެސޯޓްތަކުނ ް28 މީހުން ފައްސިވެފައި ވެއެެވެ.
މި އަދަދުތަކާއެކު، ރާއްޖެއިން މިހާތަނަށް ކޮވިޑަށް ފައްސިވެފައި ވަނީ69،213 މީހުންނެވެ. އަދިި މިވަގުތު ރާއްޖޭގައި ކޮވިޑަށް ފަރުވާ ކުރަމުންދާ 15،621 މީހުން އެބަތިއްބެވެ. ރާއްޖެއިން ކޮވިޑަށް ފަރުވާ ކުރާ މީހުންގެ އަދަދުތައް މަޑުމަޑުން ދަށަށް އެބަ ދެއެވެ.
އެގޮތުން ރާއްޖޭގެ ކޮވިޑަށް ފަރުވާ ކުރަމުންދާ މީހުންގެ އަދަދު އިއްޔެ ހުރީ 17،461 ގައެވެ.އަދި މި މަހުގެ 7ހަތް ވަނަ ދުވަހު މި އަދަދު 18،462 ގައި ހުރިއިރު، ހަ ވަނަ ދުވަހު އެކްޓިވް ކޭސްތައް19،670 އަށް އަރައެވެ.
މިހާރު ރާއްޖެއިން 53،392 މީހުން ކޮވިޑްއިން ރަނގަޅުވެފައި ވެއެވެ. ކޮވިޑުން ރަނގަޅުވާ މީހުން ގިނަވެ، ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދުވަމުން ދާތީ، ކޮވިޑަށް ފަރުވާކުރާ މީހުންގެ އަދަދުވެސް ދަށް ވެއެވެ.
ކޮވިޑްގައި146 މީހުނަށް މިވަގުތު ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދެމުން ދާއިރު، ކޮވިޑް ޖެހިގެން ރާއްޖެއިން 191 މީހަކު ވަނީ ނިޔާވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް