ކޯވިޑް-19 ކުރިން ވޫހާންގެ ކާބޯތަކެތީގެ ބާޒާރުގައި 50،000 އަށް ވުރެ ގިނަ ވަލު ޖަނަވާރު: މީގެ ތެރޭގައި ހިޔަޅުވެސް ހިމެނޭ

ކޮވިޑު 19 ގެ އެންމެ ފުރަތަމަ ވޭދަަނަ ރިޕޯޓު ކުރުމުގެ ކުރިން  ދެ އަހަރެއްހާ ދުވަސް ތެރޭގައި ވޫހާންގައި 47،000 އަށް ވުރެ ގިނަ ދިރޭ ޖަނަވާރު ވިކިފައިވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. ސައިންޓިފް ރިޕޯ...

09 Jun 2021 | 14:55

ކޮވިޑު 19 ގެ އެންމެ ފުރަތަމަ ވޭދަަނަ ރިޕޯޓު ކުރުމުގެ ކުރިން  ދެ އަހަރެއްހާ ދުވަސް ތެރޭގައި ވޫހާންގައި 47،000 އަށް ވުރެ ގިނަ ދިރޭ ޖަނަވާރު ވިކިފައިވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ސައިންޓިފް ރިޕޯޓްސްއިން ޝާޢިއުކޮށްފައިވާ މި ދިރާސާގެ ސަބަބުން، އެކި ކަހަލަ ދިރޭ ވަލު ޖަނަވާރު ވިއްކުމާއި ބަލިމަޑުކަމަށް މަގުފަހި ވުމާއި ގުޅުމެއްވާ ކަމަށް މަގު ދައްކައެވެ.މި ދިރާސާއިން ހާމަވާ ގޮތުގައި، 2017 ވަނަ އަހަރާއި 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް، ވޫހާންގެ 17 މާރުކޭޓެއްގައި 38 ބާވަތެއްގެ ދިރޭ ޖަނަވާރު ވިއްކާފައި ވެއެވެ.މީގެ ތެރޭގައި ހިމާޔަތް ކޮށްފައިވާ ޖަނަވާރުގެ 31 ވައްތަރެއްވެސް ހިމެނެއެވެ.އަދި މި ޖަނަވާރުތައް ގެންގުޅެފައި ވަނީ ސާފުތާހިރުކަން ކުޑަ މާހައުލެއްގައިކަންވެސް މި ދިރާސާއިން ހާމަވެއެވެ.މީގެ ތެރޭގައި ދިރޭގައި ރެކޫން ކުއްތާއާއި، މުގޮށި މީދަލާއި ހިޔަޅުގެ އިތުރުން މިންކްސްވެސް ހިމެނެއެވެ.

ކޮވިޑު 19 އެންމެ ކުރީގެ ވޭދަނަތައް ގުޅިފައި ވަނީ ވޫހާންގެ ހުއަނާން ސީފުޑް މާރުކޭޓާއެވެ.އަދި ޤަބޫލު ކުރެވޭ ގޮތުގައި، އިންސާނުންގެ ގަޔަށް މި ވައިރަސް އެންމެ ފުރަތަމަ އަރާފައި ވަނީވެސް މި ސަރަޙައްދުންނެވެ.ނަމަވެސް ވޫހާންގެ އިތުރު މާރުކޭޓުތަކާއި މީގެ ތެރެއިން ބައެއް ވޭދަނަތައް ގުޅިފައިވާ ކަމަށްވެސް މި ދިރާސާގައި ވެއެވެ.އެހެން ކަމުން، މި ވައިރަސް އެންމެ ފުރަތަމަ އިންސާނުންގެ މެދުގައި ފެތުރެން ފަށާފައި ވަނީ ވަލު ޖަނަވާރު ހިފަން މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށް ބެލުމުގެ ފުރުސަތުވެސް އެބައޮތެވެ.

ދުނިޔޭގެ ސިއްޙީ ޖަމިއްޔާއާއި ޗައިނާއިން ގުޅިގެން މާރިޗު މަހު ނެރެފައިވާ ތަޙްޤީޤީ ރިޕޯޓަކުން ބުނެފައި ވަނީ، ދިރޭ މަންމަލި ޖަނަވާރު ވޫހާންގައި ބާޒާރުކޮށްގެން ވިއްކާފައިވާ ކަމުގެ އެއްވެސް ރިޕޯޓެެއް އެހާ ތަނަށް ލިބިފައި ނުވާ ކަމަށެވެ.

ކޮވިޑަކީ ވޫހާންގެ ލެބޯރެޓޮރީއަކުން ވުޖޫދުވެފައިވާ ވައިރަހެއް ކަމަށް ވާހަކަ ދެކެވުނު ނަމަވެސް، ގިނަ ބަޔަކު އަދިވެސް ޤަބޫލު ކުރަނީ ކޮވިޑު އިންސާނުންނަށް ފެތުރިފައިވަނީ ވާލުގެ ޒަރިއްޔާއިން ކަމަށެވެ.ސިއްޙީ ޖަމިއްޔާއިން ޤަބޫލު ކުރާ ގޮތުގައިވެސް، އިންސާނުންނަށް މި ވައިރަސް ފެތުރިފައިވަނީ ކޮންމެވެސް އެހެން އިންޓަރމީޑިއަރީ ސްޕީޝީޒްއެއް މެދުވެރި ވެގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް