މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ހުރިހާ ގްރޭޑަކަށް އޮންލައިންކޮށް ކިޔަވައިދޭގޮތަށް ހަމަޖައްސައިފިއެވެ.
މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމައި، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ވަނީ، މިގޮތަށް މި ފިޔަވަޅު އަޅާފައި ވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތިން ކަމަށެވެ.
ކޮވިޑްގެ މިހާރުގެ ހާލަތަށް ރިޢާޔަތްކޮށް، މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ހުރިހާ ގްރޭޑްތައް މިހިނގާ ދިރާސީ އަހަރު ނިމެންދެން ކިޔަވައިދިނުމަށް ހަމަޖެހިފައި ވަނީ އޮންލައިން ކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މިއީ 2020-2021 ވަނަ އަހަރުގެ ދެ ވަނަ ޓާމުގެ ކިޔެވުމެވެ. މި ޓާމުގެ ކިޔެވުން ނިމޭނީ މިހިނގާ ޖޫން މަހުގެ 24 ވަނަ ދުވަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ އެކެޑަމިކް ކަލަންޑަރުން ދައްކައެެވެ. އެހެންކަމުން، ދިރާސީ އަހަރު ނިމެން އޮންނާނީ ބާކީ ދެ ހަފްތާއެވެ. ކުދިން އޮންލައިންކޮށް ކިޔަވަން ޖެހޭގޮތަށް ހަދާފައި މި ވަނީ އެ ދެހަފްތާގައެވެ.
ކޮވިޑްގެ ހާލަތާ ގުޅިގެން ސްކޫލްތަކަށް ވެސް ބޮޑެތި އަސަރުތަކެއް ކޮށްފައި ވެއެވެ. އެގޮތުން ގިނަ ދުވަސްތަކެއްވަންދެން ކުސިން ސްކޫލަށް ނުގޮސް ގޭގައި ތިބެ އޮންލައިންކޮށް ކިޔަވަން ޖެހުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް