ރާއްޖޭ ޒިޔާރަތް ކުރި އިރަކު ނަގާފައިވާ ވީޑިއޯއެއް ހިއްސާކުރަމުން ވީ.ޖޭ ސަނީ ބުނެފައި ވަނީ ރާއްޖޭގެ 'ވިޓަމިން ސީ' މަތިން ހަނދާންވާ ކަމަށެވެ.
ސަނީ ހިއްސާކުރި ވީޑިއޯގައި ފެނިގެން ދަނީ، އެކަނިމާއެކަނި ކެނޯއެއްގައި ފަލިޖަހާ، ހިތް އުފާކޮށްލާތަނެވެ. ވައިމަޑުވެފައި ރާޅުތަކުގެ އޮމާންކަމުން ސަނީއަށް ހަމަޖެހިލައިގެން ކެނޯ ދުއްވާލެވެއެވެ.
ސަނީ ވަނީ ވަރަށް ފަހުން ކަލްޔާނާ ވައިބޯގަމް ކިޔާ ޝޯއެއް ހުއްޓާލާފައެވެ. އޭނާގެ ސަޕޯޓަރުން، އެޝޯއިން އޭނާމަތިން ހަނދާންވާއިރު، އޭނާ އުޅެނީ ރާއްޖެ މަތިން ހަނދާންވާތީއެވެ.
ކަލްޔާނާ ވައިބޯގަމް ހުއްޓާލި ސަބަބާ ގުޅޭގޮތުން ބޭރުގެ ޓީވީ ޗެނަލްއަކަށް ދިން އިންޓަވިއުއެއްގައި ސަނީ ބުނެފައި ވަނީ، އެ ޝޯގެ1000 އެޕިސޯޑުގެ މަތިން އޭނާ ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ ކަމަށެވެ. އޭނާ އެޝޯ ހުއްޓާލާފައި ވަނީ، ޝޯ އުފައްދާ ފަރާތާއި މެދުގައި ހެދިފައިވާ އެއްބަސްވުން ނިމުމާ ގުޅިގެންނެވެ.
https://www.instagram.com/p/CP4iAVdFsb8/
އެހެންކަމުން އެޝޯގެ އިތުރު އެއްބަސްވުމެއް ހަދަން ނުވިސްނާކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަމުން ސަނީ ބުނީ، އޭނާގެ މަސައްކަތާ ގުޅޭ އެހެން ކަންކަން ކުރުމާއިގެން މިވަގުތު ކުރިއަށް ދާން ވިސްނާކަމަށެވެ.
ސަނީ ރާއްޖެއަށާއި ގޯވާއަށް ކުރި ދަތުރުތައް އޭނާ ހަނދާންކުރާކަން، އޭނާ އިންސްޓަގްރާމް ކޮށްފައިވާ އެންމެ ފަހުގެ ފޮޓޯތަކާއި ވީޑިއޯތައް ބަލައިލުމުން އެނގެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް