އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވާން އަލީ ވަހީދު އެދިވަޑައިގެންފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުހެހުމުގައި އޮންލައިންކޮށް ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސައި ދެއްވުމަށް އޭނާ އެދިވަޑައިގެންފި އެވެ. އޭނާ ...

09 Jun 2021 | 12:23

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުހެހުމުގައި އޮންލައިންކޮށް ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސައި ދެއްވުމަށް އޭނާ އެދިވަޑައިގެންފި އެވެ.

އޭނާ އެގޮތަށް އެދިވަޑައިގެންފައިވަނީ މިއަދު ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީއެއްގައި އެެވެ. އެކަން ކްރިމިނަލް ކޯޓުން މީޑިއާގައި ވަނީ ކަށަވަރުކޮށްދީފަ އެވެ.

އަލީ ވަހީދު ބޭސް ފަރުވާއަށް ފުރުމުގެ ހުއްދަ މިދިޔަ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހު ދިނީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ ޖާމިނުވާގޮތަށެވެ. އެ މުއްދަތު މިއަދަށް ހަމަވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އޮންލައިންކޮށް ޝަރީއަތް ކުރިޔަށް ގެންދަން އެދިވަޑައިގެންނެވީ ބޭސްފަރުވާގެ ކަންކަން އަދި ނުނިމޭތީ އެކަމަށް އިތުރު މުއްދަތު ބޭނުންވާތީ އެވެ.

މިނިސްޓަރަކަށް ހުންނެވި އިރު އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގަ އޭނާ އާއި ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ އުފުލީ މިދިޔަ ނޮވެމްބަރު މަހު އެވެ. އަލީ ވަހީދާއި ދެކޮޅަށް މި މައްސަލައިގަ ދައުލަތުން ހަތް ދައުވާއެއް އުފުލާފައިވެ އެވެ.

އޭތެރޭގައި ޖިންސީ އަނިޔާ ކުރުން، ރޭޕް ކުރަން އުޅުން، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުން ހިމެނެ އެވެ. އަދި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އުޅުނު ކަމުގެ ދެ ދައުވާ އާއި ޖިންސީ ގޯނާ ކުރުން އަދި ޖިންސީ ގޯނާ ކުރަން އުޅުން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް