އޭދަފުށި މަގު ހެދުމުގެ މަސައްކަތް ނިމުމަކާ ގާތަށް

ބ. އޭދަފުށި މަގު ހެދުމުގެ މަސައްކަތް ނިމުމަކާ ގާތަށް ޖައްސާލައިފިއެވެ. އެގޮތުން އެމްޓީސީސީއިން ބުނެފައިވާ ގޮތުގައި، އޭދަފުށި މަގުތައް ހެދުމުގެ މަސައްކަތުގެ %96 މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަ...

09 Jun 2021 | 10:49

ބ. އޭދަފުށި މަގު ހެދުމުގެ މަސައްކަތް ނިމުމަކާ ގާތަށް ޖައްސާލައިފިއެވެ.

އެގޮތުން އެމްޓީސީސީއިން ބުނެފައިވާ ގޮތުގައި، އޭދަފުށި މަގުތައް ހެދުމުގެ މަސައްކަތުގެ %96 މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން، ފެންހިންދާ ޕަމްޕް ސްޓޭޝަން ހަރުކުރުމުގެ މަސައްކަތުގެ %98 ޕަސެންޓް ވަނީ ނިމިފައެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މޯލްޑިވްސް ޓްރާންއްޕޯޓް އެންޑް ކޮންޓްރެކްޓިންކޮމްޕެނީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

މި މަޝްރޫޢުގެ ދަށުން، ފެންހިންދާ ނިޒާމެއް ޤާއިމު ކުރުމާއި، މަގުތަކުގައި ތާރު އެޅުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އޭދަފުށީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، 22،942 ސްކުއެއަރ މީޓަރުގެ ސަރަހައްދެއް އެކުލެވޭ 19 މަގެއްގައި ތާރު އެޅުމާއި، ފެންހިންދާ ނިޒާމެއް ހަރުކުރުމާއި، ގްރެވިޓީ ޕައިޕް ނެޓްވޯކް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 34.4 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 22 އޭޕްރިލް 2019 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް