ލައިސަންސް ކާޑާއި، އުޅަނދުތަކުގެ ރަޖިސްޓްރީތައް ދޫކުރުމަށް ސެލްފް ކަލެކްޝަން ސްޓޭޝަނެއް ތަރައްގީކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން މުޅިން އަލަށް ފެށި ސެލްފް ކަލެކްޝަން ސްޓޭޝަންގެ ޚިދުމަތާއެކު ކިއުގައި ނުޖެހި ލައިސަންސް ކާޑާއި، ރަޖިސްޓްރީ ލިބޭނެއެވެ. މި ސެންޓަރު ހުންނާނީ ޓްރާންސްޕޯޓް އޮތޯރިޓީ މިހާރު ހިންގަމުން އަންނަ މ. ޗަނބޭލީވިލާ (މާފަންނު ސްޓަރސިނަމާ އިމާރާތް)ގެ 2 ވަނަ ފަންގިފިލާފައެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ލައިސަންސް ކާޑާއި ރަޖިސްޓްރީތައް ދޫކުރުމަށް ޤާއިމުކުރި ސެލްފް ކަލެކްޝަން ސެންޓަރުގެ ޚިދުމަތް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއެވެ.
މި ސެންޓަރުން ލައިސަންސް ކާޑާއި ވެހިކަލް ރަޖިސްޓްރީތައް ދޫކުރާނެއެވެ. މި ސެންޓަރުން ދޫކުރާ ކާޑާއި ރެޖިސްޓްރީ ތައްޔާރުވުމުން އެކަން ވެރިފަރާތައް މެސެޖަކުން އަންގާނެއެވެ.
ކޯވިޑް-19ގެ ހާލަތު ގޯސްވަމުން އަންނާތީ، އަލަށް ލައިސަންސަށް އެދޭ މީހުންނަށް އެ ޚިދުމަތް ދިނުން ވަގުތީ ގޮތުން ވަނީ ހުއްޓާލަފައެވެ. އެހެންނަމަވެސް ލައިސަންސް އާކުރުމާއި އެ އޮތޯރިޓީން ދެމުން އަންނަ އެހެނިހެން ޚިދުމަތްތައް އޮންލައިންކޮށް ކުރިއަށްގެންދެވޭނެ ކަމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް