ރާއްޖެ އަމާން ތަނަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަންޖެހޭ: ޝަފީގު

ދިވެހިރާއްޖެ އަމާން ތަނަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަންޖެހޭ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހަައްމަދު އަބްދުﷲ ޝަފީޤު ވިދާޅުވެއްޖެއެވެ. މެމްބަރު ޝަފީޤު މިހެން ވިދާޅުވީ، މަޖިލީހުގެ ރައީސް ދ...

09 Jun 2021 | 09:59

ދިވެހިރާއްޖެ އަމާން ތަނަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަންޖެހޭ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހަައްމަދު އަބްދުﷲ ޝަފީޤު ވިދާޅުވެއްޖެއެވެ.

މެމްބަރު ޝަފީޤު މިހެން ވިދާޅުވީ، މަޖިލީހުގެ ރައީސް ދިރިއުޅޭނެ ރަސްމީ ގެ ކަނޑައެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކާ ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުންނެވެ.

ޝަފީޤު ވިދާޅުވީ މި އިސްލާހު ގެނައުމަށް މެދުވި ސަބަބަކީ 6 މޭގައި ދިން ބޮމުގެ ހަމަލާ ކަމަށާއި، އެއީ ގ. ކެނެރީ ގޭގެ ފެންވަރު ދަށްވެގެން ދިން ހަމަލާއެއް ނޫންކަމަށެވެ. ބޮމުގެ ހަމަލާ ދީފައިވަނީ ދިވެހިރާއްޖޭގެ ވެރިކަން ކުރާރަށުގެ ބޮޑުމަގުގެ މެދުތެރޭގައިކަން ފާހަގަކޮށް ޝަފީޤު ވިދާޅުވީ އެކަމުން އެނގިގެން ދަނީ މި މުޖުތަމައުގެ ނާމާންކަން ކަމަށެވެ.

މެމްބަރު ވިދާޅުވީ މިސަރުކާރުން ފުރަތަމަ ކޮށްދޭންޖެހިފައި އޮތް ކަމަކީ،  ރާއްޖެ އަމާންތަނަކަށް ހަދައިދިނުން ކަމަށެވެ.

އެއްޗެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ އެންމެ މަތީ ދަރަޖައިން ފުލުހުން ތަހުގީގު ކުރަމުންދާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މިމައްސަލަ އެންމެ މަތީ ދަރަޖައިގެ އަހައްމިއްޔަތުކަން ދީގެން ދިވެހި ފުލުހުން ތަހުގީގު ކުރާނެކަން ކަށަވަރު ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

އެއްޗެއް ގޮވީ 8:39 ގައި އަތަމާ ޕެލެސް ހޮޓެލް ކުރިމަތީ ގައި އޮންނަ ގޯޅިއެއްގެ ތެރޭގައި ރައީސް ނަޝީދު އުޅުއްވާ ގެކޮޅު ކައިރީގައި ޕާކު ކޮށްފައިވާ ސައިކަލެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް